ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމުގައިވާ އަޖޭ ދޭވްގަން އާއި އޭނާގެ އަންހެނުން ކާޖޮލް ދޭވްގަން އާއި ދެމީހުންގެ އެންމެ ފުރަތަމަ ބައްދަލުވުމަށްފަހު އަޖޭ ގަބޫލު ކުރި ގޮތުގައި ކާޖޮލް އަކީ އޭނާ ގަޔާވާ ފަދަ ސިފަތަކެއް ލިބިފައިވާ މީހެއް ނޫނެވެ.
އަޖޭ ތަންކޮޅެއް ކުރިންް ދީފައިވާ އިންޓަވިއު އެއްގައި ބުނެފައިވާ ގޮތުން ކާޖޮލްގެ ފުރަތަމަ ފެނިލުމުން އޭނާ އަށް ސިފަވެފައިވަނީ ބޮޑާ ކިބުރުވެރި، އަޑު ބާރު، އަނގަގަދަ އަންހެނެއްގެ ގޮތުގައެވެ.
އަޖޭ އިތުރަށް ބުނެފައިވާ ގޮތުން 1995 ވަނަ އަހަރު ދެތަރިން އެއްކޮށް މަސައްކަތް ކުރި ހުލްޗުލްގެ ޝޫޓިންގް ފެށުމުގެ ކުރިން ދެމީހުން ވަނީ ބައްދަލުވެފައެވެ. ފުރަތަމަ ފެނިލުމާއެކުވެސް ކާޖޮލް ވެގެން ދިޔައީ އެދުވަސްވަރު އޭނާ ދެވަނަ ފަހަރަށް ބައްދަލުކުރަން ބޭނުންނުވި ފަރާތަަކަށެވެ.
ފުރަތަމަ ފެނިލުމާއެކުވެސް ފާހަގަ ކުރެވުނު އަނގަގަދަ މިޒާޖާއި ކާޖޮލްގެ ބާރު އަޑު ފަށް ގަނޑުގެ ސަބަބުން ދެމީހުންގެ މިޒާޖުގައި ތަފާތު އެތަށް ކަމެއް ހުރުމާއެކު ބައްދަލުވެ އެކު އުޅުމުގެ ޝައުގު ވެރިކަމެއް ނެތް ކަމުގައި އަޖޭ ބުނެފައިވެއެވެ.
އިތުރަށް ބުނެފައިވާ ގޮތުން ދެމީހުން އެންމެ ފުރަތަމަ ރަށްޓެހިވީ 90 ގެ އަހަރު ތަކުގެ ތެރޭގައެވެ. އަދި އެގުޅުން އިތުރަށް ކުރިއަށް ނުގެންދިޔުމަށް ކާޖޮލް އާއި އަޖޭގެ ގާތް ރަހްމަތްތެރިން އެދުވަސްވަރު އެދިފައިވެއެވެ.
ނަމަަަވެސް 1999 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައި މި ދެތަރިން ވަނީ ކައިވެނި ކޮށްފައެވެ. މިހާރު މިދެތަރިންގެ ކައިވެންޏަށް 22 އަހަރު ވެފައިވާއިރު ވަނީ ދެ ދަރިންވެސް ލިބިފައެވެ.
ހިންދުސްތާން ޓައިމްސް އަށް ދިން އިންޓަވިއު އެއްގައި އަޖޭ ބުނެފައިވަނީ އޭނާގެ އާއިލާއިން ކާޖޮލް އާއި ދޭތެރޭ ގައި ވަރަށް ހިތް ހަމަޖެހޭ ކަމަަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް