ޓްރީ ޓޮޕް ހޮސްޕިޓަލުން ސްޕޯޓްސް ރިހެބިލިޓޭޝަންގެ ޚާއްސަ ޑްރައި ކަޕިންގ އެންޑް ޑްރައި ނީޑްލިންގ ގެ ޚިދުމަތް ތަޢާރަފްކޮށްފި އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގެ ރީހެބިލިޓޭޓިވް ޑިޕާޓްމަންޓުގެ ފަރާތުން ތައާރަފް ކުރާ ޑްރައި ކަޕިންގ އެންޑް ޑްރައި ނީޑްލިންގ ޚިދުމަތުގެ އެހީގައި ހަށިގަނޑުގެ ތަދު ކުޑަވެ، ހަރުވެފައިވާ މަސްތަކަށް އެހީލިބި ހަށިގަނޑުގައި ލޭދައުރުވުން ފަސޭހަވެގެން ދެއެވެ.
ޑްރައި ކަޕިންގ ހެދުމުގައި ޕްލާސްޓިކް ސަކްޝަން ކަޕްސް ބޭނުންކުރެވިގެންދާނެ އެވެ. އަދި މި ސަކްޝަން ކަޕްސްތަކުގެ އެހީގައި ތަދު އިހުސާސް ކުރެވޭ ދިމަދިމާލުގައި ލޭދައުރު ކުރުން ފަސޭހަކޮށްދެވިގެން ދެއެވެ. ޑްރައި ނީޑްލިންގ ހެދުމުގައި ބޭނުންކުރާނީ އެކިއުޕަންޗަރ ނީޑްލްސް އެވެ. އަދި މި ޚިދުމަތް ދެވޭނީ ހަށިގަނޑުގެ މަސްކިއުލޮސްކެލެޓަލް ސިސްޓަމްގެ ސޮފްޓް ޓިޝޫތަކަށް ނީޑްލްސް ލައްވައިގެނެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގެ ރީހެބިލިޓޭޓިވް ޑިޕާޓްމަންޓުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި ފިޒިއޮތެރަޕީ، ސްޕީޗް ތެރަޕީ އަދި އޮކިއުޕޭޝަނަލް ތެރަޕީ ހިމެނެ އެވެ. މި ޑިޕާޓްމަންޓަކީ އަނިޔާއަކަށް ނުވަތަ ބައްޔަކަށްފަހު މީހާގެ ހަށިގަނޑު ވަރުގަދަ ކުރުމަށް އެހީވުމުގައި ޚާއްސަ ޓީމެއް ހަރަކާތްތެރިވާ ޑިޕާޓްމަންޓެކެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގައި ޑްރައި ކަޕިންގ އަދި ޑަރައި ނީޑްލިންގގެ ޚިދުމަތް ފޯރުކޮށްދިނުމުގައި އިސްކޮށް ހުންނަވާ ސިއްހީ މާހިރަކީ ޗީފް ފިޒިއޮތެރަޕިސްޓް، ވިމާލް ރަފައެލް އެވެ. ވިމާލް އަކީ އިންޑިއާގެ ޕީ.އެސް.ޖީ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސް އެންޑް ރިސަރޗް، ޑރ. އެމްޖީ.އާރް މެޑިކަލް ޔުނިވަރސިޓީގައި ބެޗެލަރޒް އިން ފިޒިއޮތެރަޕީ ހަދައިފައިވާ ބޭފުޅެކެވެ.
މީގެ އިތުރުން އޭނާއަކީ ފިޒިއޮތެރަޕީގެ ދާއިރާގައި 8 އަހަރަށްވުރެ ގިނައިން މަސަތްކަތް ކުރައްވާފައިވާ ތަޖުރިބާކާރެކެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ، ޒަމާނީ ފެންވަރަށް ސިއްހީ ޚިދުމަތް ފޯރުކޮށްދެމުން އަންނަ އެއް ހޮސްޕިޓަލެވެ. އެގޮތުން މިހާރުވެސް އެ ހޮސްޕިޓަލުން އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާއެކު އާ ޚިދުމަތްތައް ތައާރަފުކުރަމުން ނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް