އައްޑޫގައި އިންޑިއާ ކުންފުންޏެއްގެ ހައިމާކަކުން ތެޔޮ ލީކުވެ މަސްތަކެއް މަރުވި މައްސަލައެއް ބަލަނީ

އައްޑޫ ސިޓީގައި މޫދަށް ވެއްޓިފައި އޮތް ހައިމާކަކުން ތެޔޮ ލީކުވެ މަސްތަކެއް މަރުވި މައްސަލަ އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބަލަން ފަށައިފި އެވެ. މި ހައިމާކަކީ އެ ސިޓީގައި މަސައް...

27 Oct 2021 | 07:29

އައްޑޫ ސިޓީގައި މޫދަށް ވެއްޓިފައި އޮތް ހައިމާކަކުން ތެޔޮ ލީކުވެ މަސްތަކެއް މަރުވި މައްސަލަ އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބަލަން ފަށައިފި އެވެ.

މި ހައިމާކަކީ އެ ސިޓީގައި މަސައްކަތް ކުރާ އިންޑިއާ ކުންފުންޏެއްގެ އެއްޗެކެވެ. އެ ހައިމާކު މޫދުން ނަގާފައިވަނީ ވެއްޓުނުތާ ދެ ހަފްތާއެއްހާ ދުވަސް ފަހުންނެވެ.

އޭގެން ލީކުވި ތެލުން މަސްތައް މަރުވަމުންދާކަން އެ ހައިމާކު މޫދަށް ވެއްޓުނުތާ ހަތް ދުވަސް ތެރޭގައި މީހަކު ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އައްޑޫ ސިޓީ ކައުންސިލާއި އީޕީއޭގެ ސަމާލުކަމަށް ގެނެސްފަ އެވެ. އެމީހާ އާންމު ކުރި ވީޑިއޯގައި ފެންނަނީ ފަޅުތެރޭގައި އުޅޭ ކުދި މަސްތައް މަރުވެ ގޮނޑުދޮށަށް ލައްގަމުންދާތަނެވެ.

މިކަމާއި ގުޅިގެން އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ ރަސްމީ އެއްވެސް ފަރާތުން އެކަން އެ އިދާރާއަށް ހުށަހަޅާފައި ނުވާ ކަމަށެވެ. އެކަމަކު މަސްތައް މަރުވި މަރުވި މައްސަލަ ސަމާލުކަމަށް އައިސްފަވާތީ ބަލަމުންދާ ކަމަށެވެ.

https://twitter.com/HuceinRasheed/status/1451873556569071616

މޫދަށް ވެއްޓުނީ ވެލިނެގުމުގެ މަސައްކަތް ކުރުމުންދިޔަ އިންޑިއާ ކުންފުންޏެއްގެ އެކްސްކަވޭޓަރެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް