އައިޖީއެމްއެޗްގެ ނަރުހަކު މަރާލި ކަމަށް ޝައްކު ކުރެވޭތީ ތަހުޤީގު ފަށައިފި

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ނަރުހަކު މިދިޔަ ހުކުރު ދުވަހު ދަންޖެހިގެން މަރުވި ކަމަށް ބުނާ މައްސަލައިގަ ޝައްކުތަކެއް އުފެދި މައްސަލަ ތަހުގީގު ކުރަން ފަށައިފި އެވެ. އެ ނަރުހ...

27 Oct 2021 | 06:57

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ނަރުހަކު މިދިޔަ ހުކުރު ދުވަހު ދަންޖެހިގެން މަރުވި ކަމަށް ބުނާ މައްސަލައިގަ ޝައްކުތަކެއް އުފެދި މައްސަލަ ތަހުގީގު ކުރަން ފަށައިފި އެވެ.

އެ ނަރުހަކީ އައިޖީއެމްއެޗުގެ ޑަޔަލިސިސް ޔުނިޓްގައި މަސައްކަތް ކުރާ ފިލިޕިންސް މީހެކެވެ. އޭނާ ރާއްޖޭގައި ދިރިއުޅެނީ ފިރިމީހާ އާއި އެކު އެވެ. ފިރިމީހާ އަކީވެސް ނަރުހެކެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ނަރުސް މީހާގެ މަރުގެ މައްސަލައިގައި ފުލުހުން ތުހުމަތު ކުރަނީ އޭނާގެ ފިރިމީހާ އަށެވެ.

އޭނާއަށް ތުހުމަތު ކުރަން ޖެހުނީ ދަން ޖެހިގެން މަރުވީ ކަމަށް ބުނެ ފުލުހުން ސީންއަށް ދިއުމުގެ ކުރިން އަންހެން މީހާ ހޮސްޕިޓަލަށް ގެންގޮސްފައިވާތީ އެވެ.

އަދި ހޮސްޕިޓަލުން ބެލި ބެލުމުން ނަރުސް މީހާ ދަންޖެހިފައިވާކަމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތުމުންނެވެ.

ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ފުލުހުން ވަނީ އެ ނަރުސް މީހާގެ ޕޯސްޓްމޯޓަމް ހަދަން ނިންމާފަ އެވެ. މިމައްސަލައިގަ ފުލުހުން ރަސްމީކޮށް އެއްޗެއް ހާމައެއް ނުކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް