ލ. ގަމުގައި ފުލުހުންގެ ކާރެއް ކޮންޓްރޯލުން ނެއްޓި ފުރޮޅާލައިފި

ލ. ގަމުގައި ފުލުހުންގެ ކާރެއް ކޮންޓްރޯލުން ނެއްޓި ފުރޮޅާލައިފި އެވެ. ހާދިސާ ހިނގި އިރު ކާރު ދުއްވަމުން ދިޔައީ ލާމު ލިންކްރޯޑުގައި އެވެ. މި ހާދިސާގެ ފޮޓޯތަކާއި ވީޑިއޯތައް އާންމުވެފައިވާއިރު އާންމުވެފައ...

27 Oct 2021 | 06:25

ލ. ގަމުގައި ފުލުހުންގެ ކާރެއް ކޮންޓްރޯލުން ނެއްޓި ފުރޮޅާލައިފި އެވެ.

ހާދިސާ ހިނގި އިރު ކާރު ދުއްވަމުން ދިޔައީ ލާމު ލިންކްރޯޑުގައި އެވެ. މި ހާދިސާގެ ފޮޓޯތަކާއި ވީޑިއޯތައް އާންމުވެފައިވާއިރު އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ކާރު ކޮންޓްރޯލުން ނެއްޓިގެން ގޮސް މަގުގެ އެއްފަރާތުން ގަސްތަކުގެ ތެރޭގައި އޮތީ ފުށުން ޖެހިފަ އެވެ.

ފުލުހުންގެ މީޑިއާއިން ބުނީ ހާދިސާ ހިނގި އިރު ކާރުގައި އިނީ ދުއްވަން އިން ފުލުސް މީހާ އެކަނި ކަމަށެވެ. އެމީހާއަށް އަނިޔާވެފައިވާތީ ގަމު ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

އެ ފުލުސް މީހާ އަކީ ވެހިކަލް ދުއްވުމުގެ ލައިސަންސް އޮތް މީހެއް ކަމަށްވެސް ބުންޏެވެ.

ހާދިސާ ހިނގި ކަމަށްވަނީ ގަމުން ފޮނަދޫއަށް ދާއިރު އިންނަ ބެންޑަކާއި ދިމާލުންނެވެ. އެއީ އާންމުކޮށް އެކްސިޑެންޓުތައް ހިނގާ ތަނެއް ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

މިހާދިސާގައި ފުލުހުންގެ ކާރަށްވެސް ގެންލުންވެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް