ލަންދޫ ބަނދަރުގެ 72 ޕަސެންޓު މަސައްކަތް ނިމިއްޖެ

ނ.ލަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 72 ޕަސެންޓު ނިމިއްޖެ އެވެ. މި މަޝްރޫއު ކުރިޔަށް ގެންދަނީ އެމްޓީސީސީންނެވެ. އެ ކުންފުނިން މައުލޫމާތުދޭ ގޮތުގައި މިހާރު ކުރިޔަށްދާ މަސައްކަތްތަ...

27 Oct 2021 | 05:00

ނ.ލަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 72 ޕަސެންޓު ނިމިއްޖެ އެވެ.

މި މަޝްރޫއު ކުރިޔަށް ގެންދަނީ އެމްޓީސީސީންނެވެ.

އެ ކުންފުނިން މައުލޫމާތުދޭ ގޮތުގައި މިހާރު ކުރިޔަށްދާ މަސައްކަތްތަކުގެ ތެރެއިން ބޭރުތޮށި ލުމަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް މިމަހުގެ 25 ވަނަ ދުވަހު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައެވެ.

މި މަޝްރޫޢުގެ ދަށުން، 227 މީޓަރު ސަރަހައްދެއްގައި އެއްގަމު ތޮށި ލާނެ އެވެ. އަދި 1690 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، މޫރިންގް ރިންގް ސަޕްލައިކޮށް ހަރުކުރުމަށް ހަމަޖެހިފައިވެ އެވެ.

މީގެ އިތުރުން ރޭމްޕެއް ހެދުމުގެ މަސައްކަތް ހިމެނެއެވެ.

މިއީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއު އެކެވެ.

މިއީ 32.4 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް