ފިނި މޫސުމާއި ދިމާކޮށް ޕާކިސްތާނުގެ ހަކަައިގެ ދާއިރާ ނުރައްކާތެރި ހާލަަކަށް ވެއްޓެމުންދާ ކަމުގެ ހެކިތައް ފެންނަން ފަށައިފި އެވެ.
ޕާކިސްތާނުގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އެގައުމުން ގޭހުގެ ރިޒާވް ދަށްވެ، ގޭހަށް ޖެހެމުންދާކަމަށެވެ. ބޮޑުވަޒީރު އިމްރާން ހާންގެ ސަރުކާރުން ލިކުއިފައިޑް ނެޗުރަލް ގޭސް (އެލްއެންޖީ) ގައުމަށް ބޭނުންވާ ވަރަށް އުފެއްދުމަށް ނުކުޅެދިފައިވާ ކަމަށެވެ.
އެ ދާއިރާގެ އެހެން ދިމާއަކަށް ބަލާއިރު ޕާކިސްތާނުގައި ތެލުގެ އަގު ވަރަށް ބޮޑަށް ވަނީ އުފުލިފަ އެވެ. އެގޮތުން މިހާރު ޕާކިސްތާނުގައި ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގުއުޅެނީ 86 އެމެރިކާ ޑޮލަރަށެވެ. މިއީ މިދިޔަ ތިން އަހަރު ތެރޭގައި އަގު މައްޗަށް ނުދާވަރެކެވެ.
ތެލުގެ އަގު މިހާރު މިދާގޮތަށް މައްޗަށް ދާނަމަ މިހާރުވެސް ރައްޔިތުންނަށް ބޭނުންވާ ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމުގައި ބޮޑެތި ގޮން ޖެހުންތަކެއް ކުރިމަތިވާ ޕާކިސްތާނުގައި ކަރަންޓުގެ ހިދުމަތަށް ވަރަށް ބޮޑަށް ބުރޫ އެރުމަކީ އެކަށީގެންވާ ކަމެކެވެ.
އެއީ އެގައުމުގައި ފޯރުކޮށްދެމުންދާ ކަރަންޓުގެ ތިން ބައިކުޅަ ދެބަޔަކީ ތެޔޮ ބޭނުން ކޮށްގެން އުފައްދާ ކަރަންޓަށް ވާތީ އެވެ.
އެގައުމުގައި ހަކަތައިގެ ދާއިރާ މިހާ ބޮޑަށް ބޮއްސުން ލާފައި މިވަނީ ލިކުއިފައިޑް ނެޗުރަލް ގޭސް (އެލްއެންޖީ) ގައުމަށް ބޭނުންވާ ވަރަށް އުފެއްދެމުން ނުދާތީ އެ ގޭހުގެ އަގު މައްޗަށް ދާތީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް