ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފަސްޓްލޭޑީ ފަޒްނާ އަހުމަދު، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި އުޅޭ ދިވެހިންނާއި ބައްދަލު ކުރައްވައިފި އެވެ.
ރައީސްގެ ދެކަނބަލުން ޔޫއޭއީއަށް ވަޑައިގެން އުޅުއްވަނީ ދުބާއީގައި ކުރިޔަށްދާ އެކްސްޕޯ 2020 ގައި ބައިވެރިވެވަޑައިގެންނެވުމަށެވެ.
މި ދަތުރުފުޅުގެ ތެރެއިން ދިވެހިންނާއި ބައްދަލު ކުރެއްވުން އޮތީ ރޭ ދުބާއީ މޯލްގައި އެވެ.
ރައީސް އޮފީހުން ބުނީ މި ބައްދަލުވުމުގައި ޔޫއޭއީގައި ދިރިއުޅޭ ދިވެހިންނާއި ދިވެހި ޑިޕްލޮމޭޓުންނާއި އެބޭފުޅުންގެ ޢާއިލާތަކުގެ މެމްބަރުން ބައިވެރިވި ކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސްގެ ދެކަނބަލުން ވަނީ ދިވެހި ޢާއިލާތަކާ ޚިޔާލު ބަދަލުކުރައްވައި އެ ބޭފުޅުންނާއެކު ވަގުތުކޮޅެއް ހޭދަ ކޮށްލައްވާފައެވެ.
ރައީސް ދުބާއީއަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ރާއްޖޭގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް