ކުދިންތަކެއް ކެމިކަލް ވަގަށްނަގައިގެން ގޮވާއެއްޗެއް ހަދަން އުޅޭތީ ފުލުހުންގެ އޮޕަރޭޝަނެއް

ސްކޫލެއްގެ ލެބޯޓަރީން، ކުދިންތަކެއް ކެމިކަލްތަކެއް ވަގަށްނަގައިގެން ގޮވާ އެއްޗެއް ތައްޔާރުކުރަން އުޅޭކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިގެން ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ. އެއީ 15 އަހަރު...

27 Oct 2019 | 17:40

ސްކޫލެއްގެ ލެބޯޓަރީން، ކުދިންތަކެއް ކެމިކަލްތަކެއް ވަގަށްނަގައިގެން ގޮވާ އެއްޗެއް ތައްޔާރުކުރަން އުޅޭކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިގެން ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.

އެއީ 15 އަހަރުގެ ކުދިންތަކެއް ކަމަށް ފުލުހުން ބުނެއެވެ.

"15 އަހަރުގެ ކުދިންތަކެއް ސްކޫލެއްގެ ލެބޯޓަރީ އަކުން ކެމިކަލް ތަކެއް ވަގަށް ނަގައިގެން ގޮވާ އެއްޗެއް ތައްޔާރުކުރަން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާ ގުޅިގެން ބައެއް ތަންތަން ބަލާ ފާސްކުރުމުގެ އޮޕަރޭޝަނެއް މިހާރު ކުރިއަށް އެބަދޭ" ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައިގާ އެއްވެސް ކުއްޖަކު އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުނެއެވެ. އަދި ވަގަށް ނަގާފައިވާ ކެމިކަލްތައް މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށާއި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެއެވެ.

ތަފްސީލް އަންނަނީ..

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް