އަންހެން ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި މުހިއްޔުންދީން ސްކޫލްގެ ފިރިހެން ޓީޗަރަކު ސަސްޕެންޑް ކޮށްފިއެވެ.
މިކަން އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) އަހްމަދު އަލީ ދުވަހަށް ކަށަވަރުކޮށްދެއްވިއެވެ.
ދުވަހަށް މައުލޫމާތުދެއްވަމުން ޕީއެސް ވިދާޅުވީ އެކަން ސަމާލުކަމަށް އައުމާއެކު ސިވިލް ސާވިސް އިން ކަނޑައަޅާ ޕްރޮޓޮކޯލްގެ ދަށުން އެ ޓީޗަރު މިހާރު ވަޒީފާއިން އެކަހެރިކޮށް 30 ދުވަހަށް ސަސްޕެންޑް ކޮށްފައިވާކަމަށެވެ. އަދި އެ ޓީޗަރު ސަސްޕެންޑް ކުރިތާ މިހާރު ހަފްތާއެއް ވެދާނެ ކަމުގައިވެސް ޕީއެސް ވިދާޅުވިއެވެ.
މި މައްސަލައާއި ގުޅޭގޮތުން އިތުރު އެއްވެސް ތަފްސީލެއް ޕީއެސް ހާމައެއް ނުކުރައްވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް