ދުނިޔޭގެ އެންމެ ބޮޑު ޓެރަރިސްޓް މަރާލެވިއްޖެ ކަމަށާއި، އައިއެސް ޖަމާއަތުގެ ލީޑަރު ބަގުދާދީ މަރާލި އޮޕަރޭޝަން ލައިވްކޮށް ބެލި ކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕު ބުނެފިއެވެ.
އޭނާ މިހެން ބުނެފައިވަނީ ޓީވީ މެދުވެރިކޮށް ދިން ބަސްދީގަތުމެއްގައެވެ.
ޓްރަމްޕު ބުނެފައިވާގޮތުގައި އަބޫ ބަކްރް އަލް-ބަގްދާދީ މަރާލީ އޭނާގެ ކޮމްޕައުންޑްގައި ހުއްޓައެވެ.
"މި އޮޕަރޭޝަން ކުރިއަށްގެންދިޔަ ޓީމު ވަރަށް ހުޝިޔާރު، ޓީމުގެ އެއްވެސް މީހަކަށް އަނިޔާއެއް ނުވޭ" ޓްރަމްޕް ބުނެފައިވެއެވެ.
ޓްރަމްޕް ބުނެފައިވާގޮތުގައި ސަލާމަތް ވާންވެގެން ބަގްދާދީ "ޓަނަލް"އެއްގެ ތެރެއަށް ވަނެވެ. އަދި އެ ޓަނަލްގެ ކޮޅުގައި ތާށިވެ ގޮތް ހުސްވި ކަމަށާއި މަރައިނުލާތޯ ރޮއެ އާދޭސް ކުރި ކަމަށްވެސް ޓްރަމްޕް ބުނެފައިވެއެވެ.
މި އޮޕަރޭޝަން ކާމިޔާބުވުމުން ޓްރަމްޕް ވަނީ ރަޝިޔާ އާއި ސޫރިޔާއާއި އިރާގުގެ އިތުރުން ސޫރިޔާގެ ކުރުދީންނަށް ޝުކުރު އަދާކޮށްފައެވެ. މި އޮޕަރޭޝަން ކާމިޔާބުވީ އެ ފަރާތްތަކުގެ އެހީތެރިކަމާއެކު ކަމަށް ޓްރަމްޕް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް