ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަން ކުރުން ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންދާ ކޮށްފިއެވެ.
އެގޮތުން މާދަމާގެ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ދެނަމަށް ވޯތަށް އަހާނެއެވެ. ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ދެ ނަންފުޅަކީ ގދ. މަޑަވެލި، މޭނާ، އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރު އާއި ސ. ހުޅުދޫ، ގޯރަންވިލާ އަލްއުސްތާޛާ ފާޠިމަތު ދިޔާނާ ސައީދުގެ ނަންފުޅެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމު ހުސްވެފައިވަނީ ފަނޑިޔާރުކަމުގެ މަގާމުން އަލްއުސްތާޛް އަބްދުﷲ ދީދީ ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުންނެވެ.
ދިޔާނާ އާއި މަހާޒަކީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) ވެސް “ހައިލީ ރިކަމެންޑު” ކޮށްފައިވާ ދެ ނަމެވެ. މި ދެ ބޭފުޅުންގެ އިތުރުންވެސް ޖޭއެސްސީން ވަނީ މި މަގާމަށް ކުރިމަތިލި އެހެން ފަރާތްތަކާއި ވެސް ބައްދަލުކޮށް އިންޓަވިއުކޮށްފައެވެ. އެއީ މުހައްމަދު ނިޔާޒު، އަލީ ސަމީރު އަދި ޝުއައިބު ހަސަން ޒަކަރިއްޔާއެވެ. މި ތިން ބޭފުޅުންނަކީވެސް ހައިކޯޓުގެ ފަނޑިޔާރުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް