ދިވެހި މުޖްތަމައުގެ ދޭދޭ ގުޅުން ބަދަހިކޮށްދީ އެކުވެރިކަން އާލާކޮށްދޭނެ ފަދަ ޓެގްލައިން ތަކަކާއެކު ކޮކާ ކޯލާގެ އައު ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ. ސޯލްޓް ރެސްޓޯރެންޓްގައި މިއަދު ފަށާފައިވަނީ ޝެއަރ އަ ކޯކް މޯލްޑިވްސްގެ 2.0 އެވެ.
މި ޕްރޮމޯޝަންގައި ތަފާތު ޓެގްލައިން ތަކަކާއެކު ކޯކު ފުޅިތައް މިއަދު ވަނީ ބާޒާރަށް ނެރެފައެވެ. ޓެގްލައިންތައް މިފަހަރު އެކުލަވާލާފައިވަނީ ދިވެހި ބަހުންނެވެ. އަދި ދޭދޭ ގުޅުންތައް ބަދަހި ކޮށްދޭ އަށް ޓެގްލައިނެއް މިފަހަރު ތައާރަފް ކޮށްފައިވެއެވެ.
އެއީ "އެންމެ ކެރޭ"، "އެންމެ ހިތްވަރުގަދަ"، "އެންމެ ލޯބިވާ"، "އެންމެ ސަކަ"، "އެންމެ ސަޅި މީހާ"، "ހަބޭސް" އަދި "ރީތި ހުސްކުރި" ޓެގްލައިނެވެ.
ޝެއަރ އަ ކޯކް މޯލްޑިވްސްގެ ކެމްޕޭނެއް މީގެ ކުރިންވެސް ކޮކާކޯލާއިން ރާއްޖޭގައި ކުރިއަށްގެންގޮސްފައިވާއިރު ކުރިން ކުރިއަށް ގެންދިޔަ ކެމްޕޭނަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔަކަން ކޮކާ ކޯލާ ކުންފުނީގެ ކަންޓްރީ މެނޭޖަރ ޕަންކަޖް ސިންހަ ފާހަގަކުރެއްވިއެވެ. އެގޮތުން އެ ފަހަރުގެ ފުރަތަމަ ސްޓޮކް ދޮޅުމަސް ދުވަހުގެ ތެރޭގައި ހުސްވި ކަމަށާއި އެކަމުން ދައްކުވައިދެނީ އެ ކެމްޕޭނަށް ރާއްޖެއިން ލިބުނު ތާއީދު ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.
މި ކެމްޕޭނާއެކު މި ކެމްޕޭނާ ގުޅޭ ހާއްސަ ވީޑިއޯ އިސްތިހާރެއްވެސް މިއަދު ތައާރަފް ކުރިއެވެ. އިސްތިހާރުގެ ހާއްސަ ކަމަކީ އިސްތިހާރުގެ މިއުޒިކާއި ޅެމާއި ލަވަކިޔުމާއި އަދި އިސްތިހާރުގައި އުޅޭ މީހުންނަކީވެސް ދިވެހިން ކަމަށްވުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް