ހަމަނުޖެހުމަށް ގޮވާލާ ހަރަކާތްތަކުގައި ސިވިލް ސާވިސް މުވައްޒަފުން ބައިވެރިނުވުމަށް ބާރު އަޅައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ސިވިލް ސާވިސް ކޮމިޝަންގައި އެދިވަޑައިގެންފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ ވިދާޅުވީ ހަމަނުޖެހުމަށް ގޮވާލާ ސިޔާސީ ހަރަކާތްތަކުގައި ބައިވެރި ނުވުމަށް ސިިވިލް ސާވިސް މުވައްޒަފުންނަށް ބާރު އަޅުއްވައި ދެއްވުމަށް ނަޝީދު އެދިވަޑައިގެންނެވީ ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރުންނާ އެކު ބޭއްވެވި ބައްދަލުވުމެއްގައި ކަމަށެެވެ.
ނިއުޝާ ވިދާޅުވީ އެއްވެ އުޅުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ސިވިލް ސާވިސް މުވައްޒަފުންނަށް ފުރިހަމަ އަށް ލިބިދޭކަން މަޖިލީހުގެ ރައީސް ފާހަަގަ ކުރެއްވި ކަމަށެވެ. އެހެންނަމަވެސް އެފަދަ ހަރަކާތްތަކުގައި ސިވިލް ސާވިސް މުވައްޒަފުން ބައިވެރި ނުވުމަށް ބާރު އެޅުއްވުމަށް މަޖިލީހުގެ ރައީސް އެދިވަޑައިގެންނެވި ކަމަށް މަޖިލީހުގެ އަމީން އާއްމު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިގޮތަށް އެދިލައްވާފައި މިވަނީ އެމްޑީއެންއިން އިސްލާމްދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށް ރިޕޯޓެއް ނެރެ، އެކަމާއި ދެކޮޅަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އާއްމުން އިހުތިޖާޖުކޮށް އަޑު އުފުލަމުންދާ ދަނޑިވަޅެއްގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް