މަޖިލީހުގައި ދާއިރާގެ މެންބަރުންނާއި ބައްދަލުކުރެވޭނެ އިންތިޒާމު ހަމަޖައްސައިފި

ރައްޔިތުން މަޖިލިސް އިދާރާގައި މަޖިލީހުގެ މެންބަރުންނަށް، އެ މެންބަރުންގެ ދާއިރާގެ ރައްޔިތުންނާއި ބައްދަލުކުރެވޭނެ ގޮތް ހަމަޖައްސައިފިއެވެ. ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލ...

27 Oct 2019 | 10:12

ރައްޔިތުން މަޖިލިސް އިދާރާގައި މަޖިލީހުގެ މެންބަރުންނަށް، އެ މެންބަރުންގެ ދާއިރާގެ ރައްޔިތުންނާއި ބައްދަލުކުރެވޭނެ ގޮތް ހަމަޖައްސައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިލީހުގެ އަމީން އާންމު އައިމިނަތު ނިއުޝާ ވިދާޅުވީ މަޖިލީހުގެ މެންބަރުން ދާއިރާގެ ރައްޔިތުންނާއި ބައްދަލުކުރައްވަން ބޭނުންފުޅުވާ ނަމަ އެކަން މަޖިލީހުގެ މެމްބާ ސެކްޝަނުގައި އެދެންޖެހޭނެ ކަމަށެވެ. އަދި އެކަން އެ ސެކްޝަނަށް އެންގުމުން އެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް މަޖިލީހުގެ އަމީން އާއްމު ވިދާޅުވިއެވެ.

އެގޮތަށް ހަމަޖެއްސީ މެމްބަރުންނާއި ރައްޔިތުންނާ އޮންނަ ގުޅުން ވަރުގަދަ ވާނެ ކަމަށް ފެންނާތީ ކަމަށް ނިއުޝާ ވިދާޅުވި އެވެ.

މަޖިލިސް ކެމްޕެއިންގައި އެމްޑީޕީން ގެންގުޅުނު އެޖެންޑާ 19ގައި ބުނެފައިވާ ގޮތުގައި ކޮންމެ މަހަކު އެއްފަހަރު ދާއިރާ ރައްޔިތުންނާ ބައްދަލު ކުރަންވެސް ޖެހެ އެވެ. އަދި ދާއިރާގެ ރައްޔިތުންނާއި ބައްދަލު ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ ގޮތުން ކޮންމެ މެންބަރަކު އެ މެންބަރެއްގެ އަމިއް އޮފީހަށް ގާއިމް ކުރަންޖެހެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް