ޓްރާންސްޕޯޓް އޮތޯރިޓީގެ ބައެއް މުވައްޒަފުން ވަޒީފާ އިން ވަކިކުރަން ނޯޓިސް ދިން މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ބަލަން ނިންމައިފިއެވެ.
ޓްރާންސްޕޯޓު މިނިސްޓްރީގެ މުވައްޒަފުންގެ ތެރެއިން މަސައްކަތަށް ފަރުވާކުޑަ މުވައްޒަފުންނަށް ވަޒިފާއިން ވަކިކުރުމުގެ ނޯޓިސް ދޭން ފަށާފައި މިވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ. މި މައްސަލައާ ގުޅިގެން މިހާރު މަޖިލީހުގެ ކޮމެޓީގައި މި މަސައްކަތް ދަނީ ކުރިއަށެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން މީގެކުރިން ބުނެފައިވަނީ ހާޒިރީއިން ފަރުވާކުޑަކަމަށް ފާހަގަކުރެވޭ މުވައްްޒަފުންނާ މެދު ސިވިލް ސާވިސްގެ ގާނޫނާއި ގަވާއިދުގެ ތެރެއިން "އަމަލު" ކުރާނެ ކަމަށެވެ.
ޓްރާންސްޕޯޓު މިނިސްޓްރީ އިން މުވައްޒަފުން ވަކިކުރަން އުޅޭކަމަށްބުނެ އެ މިނިސްޓްރީގެ ބައެއް މުވައްޒަފުން ވަނީ ރައީސް އޮފީހަށް ޕެޓިޝަނެއްވެސް ހުށަހަޅައިފަ އެވެ. ނަމަވެސް ޓްރާންސްޕޯޓު މިނިސްޓަރު ނަހުލާ ވިދާޅުވީ އެކަމަނާ ހުންނެވީ ރައްޔިތުންނަށް ހިދުމަތް ކުރުމަށް ހުވައެއް ކުރައްވައިގެން ކަމަށާއި ރައްޔިތުންނަށް ރަނގަޅަށް ހިދުމަތް ނުދެވޭ ކަމުގެ ޝަކުވާ ކުރާ ކަމަށްވާނަމަ އެ މައްސަލަތައް ބަލާ އަޅަންޖެހޭ ފިޔަވަޅެއް އެޅުމަށް ފަސް ނުޖެހޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް