ދިވެހި ދައުލަތުގެ އެއްވެސް ފައިސާއެއްގައި ޖެހިފައި ނޯންނާނެ ކަމަށް ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވެއްޖެއެވެ.
ހުސައިން ވަހީދު މިފަދައިން ވިދާޅުވެފައި މިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބިވަޑައިގެންނެވި ކުރީގެ ފުލުހުންގެ އިސް ދެ ބޭފުޅުންގެ ތެރޭގައި އެމަނިކުފާނު ވެސް ހިމެނިވަޑައިގަންނަވާ ކަމަށް ބުނެ ބައެއް މީޑިއާތަކުގައި ހަބަރު ފަތުރާފައި ވަނިކޮށެވެ.
ހުސައިން ވަހީދުގެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި މިއަދު ވިދާޅުވީ ދުވަހަކުވެސް މިހާތަނަށް "ހަށިވިއްކާފައި" ނުވާނެ ކަމަށެވެ. ލިޔަން ބޭނުންވާ މީހަމު ލިޔާނެ އެއްޗެއް ލިޔަންވީ ކަމަށާއި ލިޔުމާއި ބުނުމުގެ މިނިވަންކަން ކޮންމެ މީހަކަށްވެސް ލިބިދީފައިވާނެ ކަމަށެވެ. މިހާތަނަށް އުޅުނީ އިސް އުފުލައިގެން ކަމަށާއި ދެންވެސް އުޅޭނީ އިސް އުފުލައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.
"ދައުލަތުގެ ފައިސާއެއްގައި ޖެހިފައެއް ނޯންނާނެ،" ހުސައިން ވަހީދު ވިދާޅުވިއެވެ.
ހުސައިން ވަހީދު ވިދާޅުވީ އޭނާ ލައްވާ ސިޔާސީ ކުޅި ކުޅުއްވަން ނޫޅުމަށާއި މާތްﷲ ގަންދީ ކުރެއްވި ހުވާގެ މަތީގައި އަބަދުވެސް ދެމި ހުންނަވާނެ ކަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސްއަކާއި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި ބޭފުޅަކު ތަކުރާރުކޮށް އެކި ފަހަރުގެ މަތިން ހިޔާނާތުގެ ފައިސާ ނަންގަވާފައިވާ ކަމަށެވެ. އަދި މިހާރުވެސް ފުލުހުންގެ މުއައްސަސާގައި ތިއްބެވި އިސް ފުލުސް އޮފިސަރުންތަކެއް ވެސް އެކަމުގައި ހިމެނިވަޑައިގަންނަވާ ކަމަށާއި އެ ފުލުހުންވެސް ހިމެނޭ ގޮތަށް އެކަމުގައި ޖިނާއީ ތަހުގީގެއް ހިންގާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް