ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސަލާމަތީ ކަންކަން ވަރުގަދަކޮސް ހަށިފާރަވެރިން ލައިވް ވަޒަނާއި އެކު ފިސްތޯލް ބޭނުން ކުރަން ފަށައިފިއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ އިސް އޮފިސަރެއް "ދުވަސް"އަށް މިއަދު މިކަން ވަނީ ކަށަވަރު ކޮށްދީފައެވެ. އޭނާ ވިދާޅުވީ ރައީސް ނަޝީދަކީ ކުރީގެ ރައީސެއްގެ އިތުރުން މިއަދު ރައްޔިތުން މަޖިލީހުގެ ރައީސް ކަމަށެވެ. އަދި އެމަނިކުފާނަށް އަންނަ ތްރެޓުތަކަށް ބެލުމަށްފަހު ސެކިއުރިޓީ ވަރުގަދަވެސް ކުރާނެ ކަމަށް އޮފިސަރު ވިދާޅުވިއެވެ.
މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ނެރެފައިވާ ރިޕޯޓަކާއި ގުޅިގެން ގައުމު ހަލަބޮލިވެފައިވާ މި ދަނޑިވަޅުގައި ރައީސް ނަޝީދަށްވެސް އަންނަނީ މަރުގެ އިންޒާރުތައް ދެމުންނެވެ. އެމަނިކުފާނުގެ ކޮއްކޯފުޅު އަދި މަޝްހޫރު ގާނޫނީ ވަކީލް ނާޒިމް ސައްތާރު މީގެކުރިން ވިދާޅުވެފައިވަނީ މާފުށި ޖަލުން ރައީސް ނަޝީދު މަރާލާނެ ކަމުގެ އިންޒާރު ލިބިފައިވާ ކަމަށެވެ. އަދި ފުލުހުންނަށްވެސް އެ މައްސަލަ ހުށަހަޅާފައިވާނެ ކަމަށް ނާޒިމް ސައްތާރު ވިދާޅުވިއެވެ.
މީގެކުރިން ރައީސް ނަޝީދުގެ ވެރިިކަމުގައި ވެސް އެމަނިކުފާނު އަވަހާރަ ކޮށްލުމަށްޓަކައި މަސައްކަތްތަކެއް ކުރެވުނު ކަމުގެ އަޑުތަކެއް މީގެކުރިންވަނީ ފެތުރިފައެވެ. ރައީސް ނަޝީދުގެ ސެކިއުރިޓީ ފިސްތޯލް ގެންގުޅުމާއި ގުޅޭ ގޮތުން ރަސްމީ އެއްވެސް އިދާރާއަކުން މިހާތަނަށް އެއްވެސް އެއްޗެއް ހާމަކޮށްފައެއްނުވެެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް