އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ބަދުބަސްބުނެ ރިޕޯޓު ނެރުނު މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އާ ދެކޮޅަށް އަޑު އުފުލާ އެންމެން ހައްޔަރުކުރި ނަމަވެސް ދިވެހިންގެ ހިތްތަކުގައި އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ދެއްވާފައިވާ ގަދަރަށް ބަދަލު ނުގެނެވޭނެ ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަބްދުއްރަހީމް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ އިދިކޮޅު ޕީޕީއެމް އޮފީސް ދޮރުމަތީގައި ޓޭޕް ވެސް އެޅިދާނެ ކަމަށެވެ. އަދި ޕީޕީއެމްގެ އޮފީސްވެސް ބަންދު ކުރެވިދާނެ ކަމަށާއި ޕީޕީއެމް ޕީއެންސީގެ އިތުރުން އެމްޑީއެންއާ ދެކޮޅަށް އަޑު އުފުލާ އެންމެން ހައްޔަރުވެސް ކުރެވިދާނެ ކަމަށާއި އެހެންނަމަވެސް މުސްލިމް ދިވެހި ރައްޔިތުންގެ ހިތްތަކުގައި އިސްލާމްދީނާއި ކީރިތި ރަސޫލާ އޮތް ގަރަދާއި ލޯބި ބަދަލު ނުކުރެވޭނެ ކަމަށެވެ.
http://<a href="https://twitter.com/Banafsaa/status/1188266464807010305?s=20"></a>
އަބްދުއްރަހީމް ވިދާޅުވީ ސަރުކާރު ހިންގުމުގެ ބާރާއި ގަނޫނު ހެދުމުގެ ބާރު އެމްޑީޕީއަށް ލިބުމާއެކު ޝަރުއީ ދާއިރާ ބޭނުން ގޮތަކަށް ބަދަލު ކުރުމުގެ ފުރުސަތު އެ ޕާޓީއަށް މިިހާރު އޮތަސް ދީނަށް ފުރައްސާރަ ކުރާ މީހުން ދިފާއު ނުކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އަބްދުއްރަހީމް މިފަދައިން ވިދާޅުވިއިރު ޕީޕީއެމްއިން މިދިޔަ ބުދަ ދުވަހުގެ ރޭ އެ ޕާޓީގެ އޮފީސް ދޮރުމަތީގައި ބޭއްވި އިހުތިޖާޖަށް ފަހު ފުލުހުން ވަނީ އެޕާޓީގެ އޮފީސް ދޮރުމަތީގައި ޓޭޕް ދަމާފައެވެ. ޓޭޕް ދަމާފައިވާއިރު ފުލުހުން ރޭ ބުނެފައިވަނީ ގާނޫނާއި ހިލާފު އެއްވެސް އެއްވުމަކަށް އެއްބާރުލުން ނުދޭނެ ކަމަށާއި އެފަދަ އެއްވުންތަކަށް ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް