އެމްޓީސީސީން ހިއްސާއަކަށް ދެ ރުފިޔާ ބަހަން ފާސްކޮށްފި

އެމްޓީސީސީގެ ހިއްސާއަކަށް ދެ ރުފިޔާ ބަހަން އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާއިން ފާސްކޮށްފި އެވެ. އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާ ބޭއްވީ މިއަދު ހަވީރު ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައިބ...

27 Sep 2020 | 17:38

އެމްޓީސީސީގެ ހިއްސާއަކަށް ދެ ރުފިޔާ ބަހަން އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާއިން ފާސްކޮށްފި އެވެ.

އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާ ބޭއްވީ މިއަދު ހަވީރު ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައިބައިވެރިވި ހިއްސާދާރުންގެ އަޣުލަބިއްޔަތުންނެވެ.

ޖަލްސާގައި67 ހިއްސާދާރުން އޮންލައިންކޮށާއި ޖަލްސާއަށް ގޮސްގެން ބައިވެރިވެފައިވާއިރު އެއީ5،550،390 ހިއްސާ އެވެ.

އެމްޓީސީން ހިއްސާއަކަށް ދެ ރުފިޔާ ބަހަން ނިންމި އިރު އެ ކުންފުންޏަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 53.3 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

އެއީ 2018 ވަނަ އަހަރާއި އަޅާބަލާއިރު 55.7 ޕަސެންޓް އިތުރުވުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް