މާމެންދޫ ރައްޔިތުން ބާކީ ކޮށްފަ އޮތް އޮތުމަށް ނިމުމެއް ގެންނާނެކަމުގެ ޔަގީންކަން އަރުވަން: އެމްޕީ ސިރާޖް

ލ. މާމެންދޫ ރައްޔިތުން ބާކީ ކޮށްފައި އޮންނަ އޮތުމަށް ނިމުމެއް ގެންނަވާނޭކަމުގައި އެ ދާއިރާގެ މަޖިލިސް މެމްބަރު މުސާ ސިރާޖު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ އެ ރަށު އިންޖީނުގެ މިހާރު ހުރި ސަރަހައ...

27 Sep 2019 | 11:44

ލ. މާމެންދޫ ރައްޔިތުން ބާކީ ކޮށްފައި އޮންނަ އޮތުމަށް ނިމުމެއް ގެންނަވާނޭކަމުގައި އެ ދާއިރާގެ މަޖިލިސް މެމްބަރު މުސާ ސިރާޖު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ އެ ރަށު އިންޖީނުގެ މިހާރު ހުރި ސަރަހައްދުން އެހެން ސަރަހައްދަކަށް ބަދަލުކުރުމުގެ މަޝްރޫއު ފެށުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތަށްފަހު މެމްބަރުގެ ފޭސްބުކް ޕްރޮފައިލްގައި ލިޔެފައިވާ ޕޯސްޓެއްގައެވެ.

އެ ޕޯސްޓްގައި އެމްޕީ ސިރާޖު ވިދާޅުވެފައިވަނީ މާމެންދޫގެ ރައްޔިތުންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެންމެ ފުރަތަމަ ވެ ވަޑައިގެންނެވި އެއް ވައުދަކީ އެ ރަށު އިންޖީނުގެ އެހެން ސަރަހައްދަކަށް ބަދަލުކޯށްދިނުމުގެ ވައުދު ކަމަށެވެ. އަދި މިއަދު މިވަނީ އެކަމުގެ އަމަލީ މަސައްކަތް ފެށިފައިކަމުގައި މެމްބަރު ވިދާޅުވެފައިވެއެވެ.

"މިއަދު ބިންގާ މި އެޅުނީ މި ސަރުކާރުގަ ފެނަކައިގެ 18 ވަނަ ޕަވަރހައުސްގެ ބިންގާ" މެމްބަރު ސިރާޖުގެ ޕޯސްޓްގައި ބުނެފައިވެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި މިދިޔަ އަހަރުގެ އޯގަސްޓް މަހު މާމެންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، އެ ރަށު އިންޖީނުގެ، މީހުން ނޫޅޭ ސަރަހައްދަކަށް ބަދަލުކުރުން މި ސަރުކާރުގައި ކުރިއަށް ގެންދަވާނެކަމުގައި ވިދާޅުވިއެވެ. އަދި ކުރީ ސަރުކާރުގައި އެކަމަށް ބިން ހަމަޖައްސައި ފެނަކައަށް ހަވާލުކުރިތާ ދެ އަހަރު ވީ އިރުވެސް އެކަން ނުވެ އޮތްކަން ރައީސް ސޯލިހް ފާހަގަކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް