މިއަދަކީ ބައިނަލްއަގްވާމީ ފަތުރުވެރިންގެ ދުވަސް ކަމުގައިވާއިރު މިއަދު ރާއްޖެ އަންނަ ފަތުވެރިންނަށް ގައުމީ ރޫހެއްގައި ގައުމީ ވަންތަ ގޮތެއްގައި އުރީދޫއިން ފަތުރުވެރިންނަށް މަރުހަބާ ކިޔަމުން އެބަދެއެވެ.
އެގޮތުން ހުޅުލޭގައި ހުންނަ އުރީދޫ އެކްސްޕީރިއަންސް ސެންޓަރު ވަނީ ދިވެހިވަންތަ ގޮތެއްގައި ޒީނަތްތެރި ކޮށްފައެވެ. އެ ސެންޓަރުގައި ތިބި އުރީދޫގެ މުވައްޒަފުން ތިބީ ގައުމީ ވަންތަ ހެދުމެއްގައެވެ. އަންހެންވެރިން ލިބާސް ތުރުކުރައްވައިގެން ތިބިއިރު ފިރިހެންވެރިން ތިބީ ޓީޝާޓާއި މުންޑުގައެވެ.
މި އަހަރުގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަ ކުރުމަށް ޓުއަރިޒަމް މިނިސްޓްރީން އަންނަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. ޓުއަރިޒަމް މިނިސްޓްރީން ހިންގަމުން އަންނަ އެ ހަރަކާތްތަކުގެ ޑިޖިޓަލް ޕާޓްނަރަކީވެސް އުރީދޫއެވެ.
އިއްޔެ އާއި ރޭގައި ރަސްމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ވާވު އަތޮޅުގައި ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައިވެއެވެ. އެގތުން ވ. ކެޔޮދޫގައި ކެނޯ ރޭހެއް ބާއްވާފައިވާއިރު ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ކެޔޮދޫގައި ރޭގައި ވަނީ ހާއްސަ ހަފްލާއެއް ބާއްވާފައެވެ. އެ ހަފްލާ ޝަރަފުވެރިކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމް އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް