މާލޭގައި ހުރި ފަޅު ގެއަކުން ބަނގުރާ ފުޅިތަކެއް ހޯދައިފި އެވެ.
މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވާގޮތުގައި އެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ރޭ 21:20 ކަންހާއިރު ހެންވޭރުގައި ހުރި ފަޅު ގެއަކުންނެވެ.
"12 ފުޅި ބަނގުރާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވޭ" ފުލުހުނ ބުނެފައިވެއެވެ.
އިތުރަށް ބުނެފައިވާގޮތުގައި މި މައްސަލައިގާ އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. މިކަމާއިބެހޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއްވެސް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް