ފޮނަދޫ މަގުގެ މައްސަލަ މި ސަރުކާރުން ހައްލުކޮށްދޭނެ ކަމުގެ ޔަގީންކަން އެބަ އޮތް: އެމްޕީ ސިރާޖް

ލ. ފޮނަދޫގެ މަގުތަކުގެ ހާލަތު މި ސަރުކާރުން ރަނގަޅުކޮށްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމުގައި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ. އެމްޕީ ސިރާޖު މިހެން ވިދާޅުވީ ފޮނަދޫ ކަ...

26 Sep 2019 | 19:05

ލ. ފޮނަދޫގެ މަގުތަކުގެ ހާލަތު މި ސަރުކާރުން ރަނގަޅުކޮށްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމުގައި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.

އެމްޕީ ސިރާޖު މިހެން ވިދާޅުވީ ފޮނަދޫ ކައުންސިލް ރައީސް އަހްމަދު ރިޔާޒް، ރައީސް ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމާއި، ޕްލޭނިން މިނިސްޓަރު އަސްލަމް ޓެގް ކުރައްވައި ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވަމުންނެވެ.

ފޮޓޯތަކަކާއެކު ފޮނަދޫ ކައުންސިލް ރައީސް ކުރެއްވި އެ ޓްވީޓްގައި ވިދާޅުވެފައިވަނީ އެ ފޮޓޯތަކުން އެ ފެންނަނީ އެ ރަށުގެ ރައްޔިތުން އުޅޭ ހާލު ކަމަށެވެ. އެ ހާލެއްގައި އުޅޭތާ ލައްކަ ދުވަސް ވެފައިވާކަމަށެވެ. ހަތަރު އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާކަމަށެވެ. އަދި އެ މައްސަލައަށް އަވަސް ހައްލެއް ބޭނުންވާކަމަށާއި އަމަލީ މަސައްކަގތް އަވަސްކޮށްދެއްވުން އެދި ވަރަށް އިހްތިރާމާއެކު ދަންނަވާކަމަށެވެ.

"އަފޭން ރަށު (ލ.ފޮނަދޫ) މީހުން އޮޅެން ހާލު

މިހާލަކު އޮޅެންތަން ލައްކަ ދޮހާ ވެއްޖަ 4 އަހަރަށްވުރެ ގެނަވޫ

މި މައްސަލައަށް އަވަސް ހައްލެއް ބޭނުން

ޢަމަލީ މަސައްކަތް އަވަސްކޮށްދެއްވުން އެދި ވަރަށް އިޙްތިރާމާއިއެކު ދަންނަވަން" ފޮނަދޫ ކައުންސިލް ރައީސްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

އެ ޓްވީޓަށް ރައްދުދެއްވައި ފޮނަދޫ ދާއިރާގެ މެމްބަރު ސިރާޖު ވިދާޅުވެފައިވަނީ މަގުތަކުގެ މަސައްކަތް ނުފެށި ލަސް ވެއްޖެ ކަމަށެވެ.

"ނަމަވެސް މި ސަރުކާރުން މަސައްކަތް ނިންމާ ރައްޔިތުންނަށް ޖެހިފައިވާ މި މުސީބާތުން ސަލާމަތް ކޮށްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް" މެމްބަރު ސިރާޖު ވިދާޅުވެފައިވެއެވެ.

https://twitter.com/MoosesSiraj/status/1177067755440238594

ފޮނަދޫ މަގު ހެދުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފައިވަނީ 22 މެއި 2019 ގައެވެ. މަސައްކަތް ހަވާލުކޮށްފައިވަނީ އަށް މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް