އިންޑިއާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ކޮއްލީ އާއި ބޮލީވުޑްގެ ބަތަލާ އަނުޝްކާ ޝަރުމާއަށް ފުރަތަމަ ދަރިފުޅު ލިބެން އުޅޭކަން އިއުލާނުކޮށްފި އެވެ.
މި ދެމީހުން ކައިވެނި ކުރީ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ އެތައް އަހަރެއް ފަހުން 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހު އިޓަލީގައި އެވެ.
ދެމަފިރިންނަށް ދަރިއަކު ލިބެން އުޅޭކަން އިއުލާނުކުރީ އަނުޝްކާގެ ރަސްމީ ޓުވިޓާ އެކައުންޓުގައި އެވެ. އަނުޝްކާ ބުނެފައިވާގޮތުގައި 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އޭނާ ވިިހާނެ އެވެ.
އޭނާ ބުނެފައިވާގޮތުގައި ވިރާޓް އާއި ދެމީހުންވެސް އަލަދު ދަރިފުޅަށް އިންތިޒާރު ކުރަމުންދާ ކަމަށެވެ.
އަނުޝްކާ ބުނެފައިވާގޮތުން ނަމަ މިހާރު އޭނާގެ ބަނޑަށް ހަތަރު މަހެވެ.
އަނުޝްކާ ބަނޑުބޮޑުވުމުން ފިލްމީ މަސައްކަތްތައް ހުއްޓާލާފައިވާއިރު އޭނާ ކުރިޔަށް ކުޅެން ހުރި އެއްވެސް ފިލްމެއް ނެތެވެ. އެންމެ ފަހުން އަނުޝްކާ ފެނިގެން ގޮސްފައިވަނީ_"ޒީރޯ" އިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް