އިންޑިއާގެ ލޯނު އެހީގައި 34 ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް ނޮވެމްބަރުގައި ފަށަނީ

އިންޑިއާ ސަރުކާރުގެ "ލައިން އޮފް ކްރެޑިޓް"ގެ ދަށުން 34 ރަށުގެ ފެނާއި ނަރުދަމާ ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް އަންނަ ނޮވެމްބަރުމަހު ފަށާނެކަމަށް އިންޑިއާ ހައިކޮމިޝަނުން ބުނެފިއެވެ. މި މަޝްރުޢުތަކަށް ...

27 Aug 2020 | 04:14

އިންޑިއާ ސަރުކާރުގެ "ލައިން އޮފް ކްރެޑިޓް"ގެ ދަށުން 34 ރަށުގެ ފެނާއި ނަރުދަމާ ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް އަންނަ ނޮވެމްބަރުމަހު ފަށާނެކަމަށް އިންޑިއާ ހައިކޮމިޝަނުން ބުނެފިއެވެ.

މި މަޝްރުޢުތަކަށް ގާތްގަނޑަކަށް 80 މިލިއަން ޑޮލަރު ޚަރަދުވާނެ ކަމަށާއި، މި މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ކުރިއަށްގެންދިއުމަށް ކޮންޓްރެކްޓަރުން ހޯދުމަށް މިހާރު ބިޑަށް ހުޅުވާލާފައިވާކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. "ލައިން އޮފް ކްރެޑިޓް"ގެ ދަށުން ހިންގާ މަޝްރޫޢުތަށް ކުރިއަށްގެންދާނި އިންޑިއާގެ ކުންފުނިތަކާއި ދެވެހި ކުންފުނިތަކަށްވެސް ބައިވެރިވެވޭގޮތަށެވެ.

އިންޑިއާ ހައިކޮމިޝަނުން ބުނީ، މި މަޝްރޫޢުތައް ބިޑަށް ހުޅުވާލުމާ ގުޅޭ ހުރިހައި ކަރުދާސްތައް ތައްޔާރުކުރަމުންދަނީ ދިވެހި ސަރުކާރާއެކު މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއާ ގުޅިގެންކަމަށެވެ. އަދި ބިޑާ ގުޅޭ މަޢުލޫމާތުތަށް އިންޑިއާގެ އެގްޒިމް ބޭންކްގެ ވެބްސައިޓުން މިހާރު ލިބެން ހުންނާނެކަމަށްވެސް އިންޑިއާ ހައިކޮމިޝަނުން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް