ސްރީ ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ރާއްޖެ ވަޑައިގަތުމުން، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ތަގްރީރު ކުރެއްވުމަށް ދައުވަތު ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މިރޭ ތާއީދުކޮށްފިއެވެ.
އެކަމަށް ނެގި ވޯޓުގައި، އެ ވަގުތު ތަޅުމުގައި ތިއްބެވި 70 މެމްބަރުން ވޯޓުދީފައިވެއެވެ. މިކަން ފާސްވެފައިވަނީ އެ 70 މެމްބަރުންގެ އިއްތިފާގުންނެވެ.
ލަންކާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ދައުވަތަކަށެވެ.
ރައީސް އޮފީހުން މިއަދު މައުލޫމާތުދެއްވާފައިވާގޮތުގައި ލަންކާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ދެވަނަ ދުވަހުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް