ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން، ފަނޑިޔާރު އަބްދުﷲ ދީދީ ވަކިކޮށްދިނުމަށް އެދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުވާފައިވާއިރު އެ މައްސަލަ މަޖިލީހުން، މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް މިރޭ ފޮނުވައިފިއެވެ.
މި މައްސަލަ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާފައިވަނީ މިރޭ ކުރިއަށްދާ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.
ފަނޑިޔާރު ދީދީގެ މައްޗަށް ސީރިއަސް ގިނަ ތުހުމަތު ތަކެއް ކުރެއެވެ.
ފަނޑިޔާރަކު ވަކި ކުރެވޭނީ ޖޭއެސްސީން ނިންމާ ނިންމުމެއްގެ މައްޗަށް، މަޖިލީހުގެ ޖަލްސާގައި ނަގާ ވޯޓަކުންނެވެ. ފާސްވާނީ ބައިވެރިވާ މެމްބަރުންގެ ތިން ބައިކުޅަ އެއްބައި ބޯޓު ލިބިގެންނެވެ.
ފަނޑިޔާރު ދީދީގެ މައްސަލަ ޖޭއެސްސީން ބަލައި، އޭނާ ފަނޑިޔާރުކަމުން ވަކިކޮށްދިނުމަށް އެދި މަޖިލީހަށް ފޮނުވާފައިވާއިރު، ފަނޑިޔާރު ދީދީ ވަނީ ރާއްޖެއިން ބޭރަށް ގޮސްފައެވެ. ރާއްޖެއިން ބޭރަށް ގޮސްފައިވަނީ ޖޭއެސްސީން މައްސަލަ ބަލަމުން ދަނިކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް