ވަޒީފާއާ ބެހޭ ޓްރިބިއުނަލްގެ ރައީސްގެ މަގާމުގައި ހުންނެވި އަހުމަދު ޝިފާއު އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އިސްތިއުފާގެ ސިޓީ، ޝިފާއު ރައީސް އޮފީހަށް ފޮނުވާފައިވަނީ މިއަދުގެ ވަގުތެއްގައެވެ. ނަމަވެސް އިސްތިއުފާ ދެއްވި ސަބަބު ސާފެއް ނޫނެވެ.
ޝިފާއު އެ މަގާމަށް އައްޔަން ކުރީ މިދިޔަ މަސް ތެރޭގައެވެ. އެ މަގާމަށް އައްޔަން ކުރުމުގެ ކުރިން ޝިފާއު ހުންނެވީ ކަސްޓަމްސްގެ މަތީ މަގާމެއްގައެވެ.
ޝިފާއުގެ އިތުރުން ވަޒީފާއާއި ބެހޭ ޓްރިބިއުނަލްގައި ތިއްބަވަނީ އައިމިނަތު އަބްދުﷲ ޒުހައިރާއި ފާތުމަތު މަހީރާ މުހައްމަދާއި އަބްދުﷲ މިފްރާޒް ނިޒާރާއި މުހައްމަދު ޒާހިރާއި މަރިޔަމް ޝަމްއާ އިބްރާހިމްގެ އިތުރުން މަރިޔަމް ރިޝްފާ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް