އަދީބު ފިލި މައްސަލައިގާ ދައުވާ ކުރަން ފޮނުވައިފި

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު، ޓަގު ބޯޓެއްގައި ރާއްޖެއިން ފިލައިގެން އިންޑިއާއަށް ދިޔަ މައްސަލައިގާ އޭނާގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވައިފި...

27 Aug 2019 | 12:05

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު، ޓަގު ބޯޓެއްގައި ރާއްޖެއިން ފިލައިގެން އިންޑިއާއަށް ދިޔަ މައްސަލައިގާ އޭނާގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވައިފިއެވެ.

ޕީޖީން ބުނެފައިވާގޮތުގައި އަދީބުގެ މައްޗަށް އުފުލަނީ ގާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާއެވެ.

މި މަހު ކުރީކޮޅު، އަދީބު ފިލަން މަސައްކަތްކުރީ "ވާގޯ 9" ނަމަކަށް ކިޔާ ސިންގަޕޫރަށް ނިސްބަތްވާ ޓަގު ބޯޓެއްގައެވެ. އެ ބޯޓުގައި ރާއްޖެއިން ބޭރަށް ދަތުރުކުރައްވަމުން ދަނިކޮށް އިންޑިއާގެ ކަމާއިބެހޭ ފަރާތްތަކުން ވަނީ އަދީބު އަތުލައިގެންފައެވެ. އަދީބު އަތުލައިގެންފައިވަނީ އިންޑިއާގެ ޓުޓިކޮރިން ބަނދަރު ބޭރުންނެވެ.

އަދީބު ފިލި މައްސަލައިގާ އޭނާ އަލުން ވަނީ ހައްޔަރުކޮށް މާފުށީ ޖަލަށް ބަދަލުކޮށްފައެވެ. ފިލި އިރު އޭނާ ހުރީ މިނިވަނެއްގެ ގޮތުގައެވެ. ކުރިންކޮށްފައިވާ ހުކުމްތައް ވަނީ އޭރު ބާތިލުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް