މާލީ ވުޒާރާއަށް ނައިބަކު އައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ފިނޭންސްގެ ނައިބުގެ މަޤާމަށް މާފަންނު ސެވެންސްޓާރ، އަޙްމަދު އިމާން މޫސާ މިއަދު ޢައްޔަނު ކުރައްވައިފިއެވެ. ރައީސް އޮފީހުން ވިދާޅުވެފައި...

27 Aug 2019 | 11:53

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ފިނޭންސްގެ ނައިބުގެ މަޤާމަށް މާފަންނު ސެވެންސްޓާރ، އަޙްމަދު އިމާން މޫސާ މިއަދު ޢައްޔަނު ކުރައްވައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވެފައިވާގޮތުގައި މިނިސްޓަރ އޮފް ފިނޭންސްގެ ނައިބުގެ މަގާމަށް މިއަދު ޢައްޔަން ކުރެއްވި އަޙްމަދު އިމާން މޫސާ ވަނީ އޮސްޓްރޭލިޔާގެ ޔުނިވަރސިޓީ އޮފް ކުއީންސްލޭންޑުން އިންޓަރނޭޝަނަލް އިކޮނޮމިކްސް އެންޑް ފައިނޭންސްގެ ދާއިރާއިން މާސްޓާރސް ޑިގްރީ ޙާޞިލުކުރައްވާފައެވެ.

އަޙްމަދު އިމާން މޫސާ އެންމެ ފަހުން އަދާކުރައްވާފައިވަނީ ސްކަލް ފިޝިންގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމެވެ. މީގެ އިތުރުން އަޙްމަދު އިމާން މޫސާ ވަނީ ދިރާގާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އިސް މަޤާމުތަކެއް ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް