ރައީސް ސޯލިހުގެ ދައުވަތަކަށް ސްރީލަންކާގެ ބޮޑު ވަޒީރު ރާއްޖެ ވަޑައިގަންނަވަނީ

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ދައުވަތު ގަބޫލު ކުރައްވައި، ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ...

27 Aug 2019 | 11:35

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ދައުވަތު ގަބޫލު ކުރައްވައި، ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ މިއީ ރައީސްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށާއި އަދި މިދަތުރުފުޅުގައި ބޮޑުވަޒީރު ރަނިލްވިކްރަމަސިންހަ އާއި އެ މަނިކުފާނުގެ އަނބިކަނބަލުން ޕްރޮފެސަރ މައިތިރީ ވިކްރަމަސިންހަވެސް ވަޑައިގަންނަވާނެ ކަމަށެވެ.

މި ރަސްމީ ދަތުރުފުޅުގައި، ބޮޑު ވަޒީރުގެ އަރިހުފުޅުގައި ކެބިނެޓް މިނިސްޓަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ 4 ބޭފުޅުންވެސް ވަޑައިގަންނަވާނެ އެވެ. އަދި މި ދަތުރުފުޅު ކުރަން ހަމަޖެހިފައިވަނީ އަންނަ މަހުގެ ދެވަނަ ދުވަހު ކަމުގައި ރައީސް އޮފީހުން ވިދާޅުވި އެވެ.

މި ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދު އެއްބާރުލުން ދިނުމުގެ މަޝްވަރާތަކާއި ދެ ޤައުމުގެ ގުޅުން ބަދަހި ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ.

މީގެ އިތުރުން އަންނަ ސެޕްޓެމްބަރ މަހުގެ 3 ން 4އަށް ރާއްޖޭގައި ބާއްވާ އިންޑިއަން އޯޝަން ކޮންފަރެންސް 2019 ޗެއަރކަންކުރައްވާނީވެސް ރަނިލްވިކްރަމަސިންހަ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް