ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނު ކުރުމަށް އައިޝާ ޝުޖޫނާއި ޑރ. އަޒްމިރަލްދާ ޒާހިރަށް، ރޭގެ ވަގުތެއްގައި ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ރުހުން ދީފި އެވެ.
މި ދެ ކަނބަލުން ނަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހާއި، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވެސް ރުހުން ދީފައިވާ އިރު، އަންހެން ދެ ފަނޑިޔާރުން ސުޕްރީމް ކޯޓަށް އައްޔަން ކުރުމާ މެދު ދީނީ ބައެއް އިލްމުވެރިންނާއި ސިޔާސީ ބޭފުޅުންގެ މެދުގައި ވަނީ ތަފާތު ހިޔާލުވުން ތަކެއް އުފެދިފަ އެވެ.
މި ދެ ކަނބަލުންގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވި ހައި ކޯޓުގެ ހަތަރު ފަނޑިޔާރުންގެ ތެރެއިން އަލީ ސަމީރާއި ޝުއައިބު ހުސައިން ޒަކަރިއްޔާގެ އިތުރުން މުހައްމަދު ނިޔާޒަށް ވެސް ކޮމިޓީން ވަނީ ރުހުން ދީފަ އެވެ.
ފަނޑިޔާރު އަބްދުﷲ ހަމީދުގެ ނަން ރައީސް މަޖިލީހަށް ފޮނުއްވާފައި ނުވާއިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވި ބޭފުޅުންނާއި ކުރެއްވި އިންޓަވިއުއަށް އަބްދުﷲ ހަމީދު ވަޑައިގަންފައި ނުވާ ކަންވެސް ފާހަގަ ކޮށްލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް