ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ނިންމުމަށްޓަކައި، މަޖިލީހުގެ މިހާރު ކުރިއަށްދާ ދައުރު އަންނަ މަހުގެ ފަހަކާއި ހަމައަށް ދައުރު ދިގު ކުރުމަށް ފާސްކޮށްފިއެވެ.
ދައުރު އަންނަ މަހުގެ ފަހަކާއި ހަމައަށް ދިގުކޮށްފައިވާއިރު ގަވާއިދުގައި ބުނާގޮތުން ނަމަ މި ދައުރު ނިމި މަޖިލިސް ޗުއްޓީއަށް ދާން ޖެހޭނެ ދުވަހަކީ މި މަހުގެ 29 ވަނަ ދުވަހެވެ. ދެން ދައުރެއް ފެށޭނީ އޮކްޓޯބަރު މަހުގެ ކުރީކޮޅުގައެވެ.
ދައުރު ދިގުކުރުމަށް ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވި 72 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.
މަޖިލީހުގައި މިހާރު އޮތް ބޮޑު އެއް މަސައްކަތަކީ ސުޕްރީމް ކޯޓަށް އައްޔަން ކުރެއްވުމަށް ރައީސް ސޯލިހް ފޮނުއްވެވި ނަންފުޅުތައް ދިރާސާ ކުރުމެވެ. މިއަދު ޖޭއެސްސީން މަޖިލީހަށް ފޮނުއްވި މައްސަލަވެސް މި ދައުރުގެ ތެރޭގައި ނިންމާނެ ކަމަށް ބެލެވެއެއެވެ. އެއީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ފަނޑިޔާރު ކަމުން ވަކި ކުރުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް