މ. މުލީ ގެއަކުން ވަގަށްނެގި އަގު ބޮޑު ފޯނެއް އެ ރަށު ފަޅު ގޯއްޗެއްގެ ތެރޭގައި ފޮރުވާފައި އޮއްވާ ފުލުހުން ހޯދައިފިއެވެ.
ފުލުހުން ބުނެފައިވާގޮތުގައި މ. މުލީ ގެއަކުން ވަގަށް ނަގާފައިވަނީ 12 ހާސް ރުފިޔާގެ އަގު ހުރި ފޯނެކެވެ. އެ ފޯނު ނެގިކަން ރިޕޯޓް ކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގައެވެ.
މި މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 30 އަހަރުގެ ދިވެހި ފިރިހެނަކު އިއްޔެ ހައްޔަރުކޮށްފައިވެއެވެ. މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް