ނަމާދަށް ހުރި މީހެއްގެ ފޯނު ވަގަށް ނަގައިފި

މާލެ މިސްކިތެއްގައި މަޤްރިބް ނަމާދަށް ހުރި މީހެއްގެ ފޯނު ވަގަށް ނަގައިފިއެވެ. ފުލުހުން ވިދާޅުވި ގޮތުގައި ވަގަށް ނަގައިފައި ވަނީ އޮގަސްޓް 26 ވަނަ ދުވަހުގެ 18:30 ހާއިރު މަޤްރިބް ނަމާދު ކުރަން ހުރި މީހާގ...

27 Aug 2019 | 10:07

މާލެ މިސްކިތެއްގައި މަޤްރިބް ނަމާދަށް ހުރި މީހެއްގެ ފޯނު ވަގަށް ނަގައިފިއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި ވަގަށް ނަގައިފައި ވަނީ އޮގަސްޓް 26 ވަނަ ދުވަހުގެ 18:30 ހާއިރު މަޤްރިބް ނަމާދު ކުރަން ހުރި މީހާގެ ފައި ކައިރީގައި އޮތް އައިފޯން އެކްސް އެސް ފޯނެކެވެ.

މި މައްސަލަ ފުލުހުންނަށް ހުށައަޅާފައިވަނީ ރޭ 19:20 ހާއިރު އެވެ. ފުލުހުން ކުރި މަސަތްކަތުން އެ ފޯނު ވަގަށް ނެގި މީހާ ރޭ 22:19 ހާއިރު ހޯދާ، ފޯނު އޭގެ ވެރި ފަރާތަށް 23:15 ހާއިރު ވަނީ ހަވާލު ކުރެވިފައެވެ.

ފުލުހުން ވިދާޅުވި ގޮތުގައި މި މައްސަލަ  މިހާރު ދަނީ ތަޙްޤީގް ކުރަމުންނެވެ. ނަމަވެސް އަދި ތުހުމަތު ކުރެވޭ ފަރާތް ހައްޔަރު ކުރެވިފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް