ވޯލްޑް ޓޫރިޒަމް ކޮންފަރެންސް ގައި ބައިވެރިވުމަށް މިނިސްޓަރ އަލީ ވަހީދު މެލޭޝިއާ އަށް ވަޑައިގެންފި

މިނިސްޓަރ މެލޭޝިއާށް ވަޑައިގެންފައި ވަނީ ފަތުރުވެރިކަމާ ބެހޭ ޖަމުއިއްޔާ، ވޯލްޑް ޓުއަރިޒަމް އޯރގަނައިޒޭޝަން (ޑަބްލިއުޓީއޯ) އިން ދެއްވި ދައުވަތަކަށް، ހޮނިހިރު ދުވަހުގެރޭގެ ވަގުތެއްގައެވެ. މި ރަސްމީ ދަތު...

27 Aug 2019 | 09:26

މިނިސްޓަރ މެލޭޝިއާށް ވަޑައިގެންފައި ވަނީ ފަތުރުވެރިކަމާ ބެހޭ ޖަމުއިއްޔާ، ވޯލްޑް ޓުއަރިޒަމް އޯރގަނައިޒޭޝަން (ޑަބްލިއުޓީއޯ) އިން ދެއްވި ދައުވަތަކަށް، ހޮނިހިރު ދުވަހުގެރޭގެ ވަގުތެއްގައެވެ.

މި ރަސްމީ ދަތުރުފުޅުގައި ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު މެލޭޝިއާގެ މިނިސްޓަރ އޮފް ޓޫރިޒަމް އާޓްސް އެންޑް ކަލްޗާ މުހައްމަދިން ކެޓަޕީ އާއި ބައްދަލުކުރަށްވާ، ޓޫރިޒަމް ޑޭ ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގެންފައިވެއެވެ.

އެ ދެބޭފުޅުންގެ ބައްދަލުވުމުގައި، ދެ ޤައުމަށް ފައިދާ ވާނެ ގޮތަކަށް ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވޭނެ ގޮތްތަކާއި ބެހޭ ގޮތުންނާއި، މެލޭޝިއާގެ ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއެކު ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ބޭނުންވާ ތަމްރީން ޕްރޮގްރާމްތަކާއި، މަސައްކަތު ބައްދަލުވުންތައް ބޭވުމަށް މަޝްވަރާ ކުރެއްވި އެވެ.

މީގެ އިތުރުން މިނިސްޓަރުގެ މި ބައްދަލުވުމުގައި މެލޭޝިއާގެ ފަތުރުވެރިން ރާއްޖެއަށް ގެނެސް، މެލޭޝިއާގައި ރާއްޖެ ޕްރޮމޯޓު ކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭ ގޮތުން ވެސް މަޝްވަރާކުރެއްވި އެވެ.

މި ރަސްމީ ދަތުރުފުޅުގައި މިނިސްޓަރ އަލީ ވަހީދު، މިއަދު ވަނީ މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ވަޑައިގެން، ރާއްޖެއިން މެލޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބަސެޑަރު ވިސާމް އަލީއާ ވެސް ބައްދަލުކުރައްވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް