މޯލްޑިވްސް ކެޕޭސިޓީ ޑިވެލޮޕްމަންޓް އެންޑް ގަވަރނަންސް އިންސްޓިޓިއުޓް އާއި ޗާރޓާރޑް އިންސްޓިޓިއުޓް އޮފް ސެކިއުރިޓީސް އިންވެސްޓްމަންޓްއާއި ގުޅިގެން އޮގްސްޓް މިހުގެ 24 އިން 26 އަށް ބޭއްވި އިސްލާމިކް ބޭންކިންގ ފައިނޭންސް ވާރކްޝޮޕް ނިމިއްޖެއެވެ.
މި ޕްރޮގްރާމްއަކީ ޔޫކޭ އިން އޮފަރކުރާ ޓެކްނިކަލް އަދި ޝަރީއްޔާގެ ދާއިރާއިން ސިލަބަސް ކަވަރކުރާ ގޮތަށް ކުރިއަށް ގެންދިޔަ ތަމްރީން ޕްރޮގްރާމެކެވެ. މި ވޯރކްޝޮޕްގައި ބައިވެރިވި ބައިވެރިން ކޮލިފައިވުމަށްޓަކައި CISI-UK އެގްޒާމްއަށް ބައިވެރިން ތައްޔާރުވުމަށް MCDGI އިން މަގު ފަހިކޮށްދިނުމަށްވަނީ ހަމަޖެހިފައެވެ.
އިސްލާމިކް ބޭންކިންގ ފައިނޭންސް – (އައި.އެފް.ކިޔޫ) ޔޫކޭ ކޮލިފިކޭޝަންގެ 2ވަނަ ވާރކްޝޮޕް މިއަހަރުގެ ފަހިކޮޅު ނުވަތަ ފެށޭ އަހަރުގެ ކުރީކޮޅު ބޭއްވުމަށް ރާވަމުންދާކަމަށް MCDGI އިން ވަނީ ބުނެފައެވެ. މިޕްރޮގްރާމްގެ ނިމުން ޝަރަފަވެރިކޮށްދެއްވާފައިވަނީ ޕްރޮގްރާމްގެ ކީ-ނޯޓް ސްޕީކަރ، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ވައިސް ޗާންސެލަރ ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާއެވެ. އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް އިންސްޓިޓިއުޓްގެ ވެބްސައިޓް www.mcdgi.edu.mv ނުވަތަ 7976620 ނަންބަރު ފޯނާ ގުޅުއްވުމުން ލިބޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް