ގިނައިން ޒުވާބުކުރާ ދެމަފިރިން އެކަކު އަނެކަކުދެކެ ހަގީގީ ލޯބިވޭ: ސައިންޓިސްޓުން

ކައިވެންޏަކީ ގިނަ މީހުންނަށް ބޮލުގަ ރިހުމަކަށް ވެފައިވާ ކަމެކެވެ. ސަބަބަކަށް ގިނަ މީހުން ބުނެފައިވަނީ، ކައިވެނިކޮށްގެން އުޅޭއިރު، ޒުވާބު ކުރުމާއި މައްސަލަތައް ޖެހޭވަރު އިތުރުވުމެވެ. މިކަންކަމުގެ ސަބަބ...

27 Aug 2019 | 06:53

ކައިވެންޏަކީ ގިނަ މީހުންނަށް ބޮލުގަ ރިހުމަކަށް ވެފައިވާ ކަމެކެވެ. ސަބަބަކަށް ގިނަ މީހުން ބުނެފައިވަނީ، ކައިވެނިކޮށްގެން އުޅޭއިރު، ޒުވާބު ކުރުމާއި މައްސަލަތައް ޖެހޭވަރު އިތުރުވުމެވެ. މިކަންކަމުގެ ސަބަބުން އެކަކު އަނެކަކުދެކެ ފޫހިވާންފަށާ ކަމަށާއި، އެކަކު އަނެކަކާއި ވާހަކަ ދެއްކުން ވެސް މަދުވާންފަށާ ކަމަށް، އިދެގެން އުޅޭ ގިނަ މީހުން ބުނެފައިވެއެވެ.

ނަމަވެސް، މިކަމާއިމެދު ސައިންވެރިންގެ ޙިޔާލު ތަފާތެވެ. އެމީހުން ބުނާގޮތުގައި، ގިނަގިނައިން ޒުވާބުކުރާ ދެމަފިރިންނަކީ ހަގީގީ ދެ ލޯބިވެރިންނެވެ. އެފަދަ ދެމަފިރިން އެކަކު އަނެކަކު ދެކެ ހަގީގީ ލޯބިވާކަމަށް ސައިންސްވެރިން ބުނެފައިވެއެވެ.

އެގޮތުން ސައިންވެރިންގެ އެންމެ ފަހުގެ ހޯދުންތަކުން ބުނެފައިވަނީ، ކުދިކުދި ކަންތައްތަކާއި ގިނަގިނައިން ޒުވާބުކޮށް ދެބަސްވާ ދެމަފިރިންގެ ގުޅުން، އެއްގޮތަކަށް ވެސް ޒުވާބުނުކޮށް އުޅޭ ދެމަފިރިންގެ ގުޅުމަށްވުރެ ވަރުގަދަކަމަށެވެ.

މިކަމާއި ގުޅޭގޮތުން ސައިންވެރިން ބުނެފައިވާ ބައެއް ފައިދާތަކަކީ:

ކުދިކުދި ޒުވާބު ކުރުމުގެ ސަބަބުން ގުޅުން ހަރުދަނާވޭ!

ސައިންވެރިން ބުނިގޮތުގައި ދެމަފިރިން ކުދިކުދި ޒުވާބު ކުރުމުން އެމީހުންގެ ކައިވެނި އިތުރަށް ހަރުދަނާވެއެވެ. އެގޮތުން މިފަދަ ޒުވާބުތަކުގެ ސަބަބުން ކަމަކާމެދު ދެމަފިރިންގެ ހިތުގައި އޮންނަ ޝުޢޫރުތައް އެކަކު އަނެކަކަށް ހާމަވެއެވެ. އޭގެ ސަބަބުން ކަންކަން ރަނގަޅު ކުރަންވެސް މަގުފަހިވެއެވެ. އަދި ތިމާގެ ބައިވެރިޔާ އެކަމާއިމެދު ދެކޭގޮތް ފަހުން ވެސް އެނގިފައިހުރެއެވެ.

ޒުވާބު ކުރުމުގެ މާނައަކީ ތިމާމީހާ ބައިވެރިޔާއާއިމެދު ވިސްނާ، އަޅާލާކަން

ބައިވެރިޔާ ކުރާ ބައެއް ޝަކުވާތަކަށް ބައެއްފަހަރު އަހަރުމެން ބީރުކަންފަތެއް ދެމެވެ. އެކަމަކު އެހުރިހާ ކަމަކާއެކުވެސް ބައިވެރިޔާއާއެކު އުޅޭކަމުގެ މާނައަކީ، އޭނާ ދެކެ ލޯބިވުމާއި ކޮންމެ ކަމެއްވިޔަސް އޭނާއާއެކު އުޅެން ބޭނުންވާ ކަމެވެ. އަހަރެމެން އަހަރެމެންގެ މައިންބަފައިންނާއި އެއްބަނޑު މީހުންނާއިވެސް ބައެއް ފަހަރު ދެބަސްވެ ޒުވާބުކުރަނީ ނޫންހެއްޔެވެ. އެކަކަު ފަހުން އެކަންކަން ހައްލުވެ އެކުގައި އުޅެން ނޫންހެއްޔެވެ. ބައިވެރިޔާއާއެކުވެސް ކަންކަން ވަނީ މފަދައިންނެވެ. ޒުވާބުކުރާ ވަގުތު ނުރުހުނަސް، ފަހުން އެކަމުގެ ރަނގަޅުކަން ވިސްނި އެކަކު އަނެކަކުގެ ރަނގަޅު ކަންކަން ވެސް ހަނދާން ކުރެއެވެ.

ގިނައިން ޒުވާބުކުރުމުގެ ސަބަބުން އެކަކު އަނެކަކާއި މުއާމަލާތް ކުރަން ފަސޭހަވޭ

ދެމަފިރިން އެކަކު އަނެކަކު ކައިރީ ބުނަން ހުންނަ ވާހަކަތައް ގިނަ ފަހަރަށް ހުންނަނީ ނުބުނެވިއެވެ. ބުނަން ޖެހިިލުންވުމާއި ވަގުތުނުވުމާއި މިފަދަ ކިތަންމެ ސަބަބެއްވެއެވެ. ނަމަވެސް މިކަންކަމުގެ ހައްލެއްކަމުގައި ސައިންވެރިން ބުނެފައިވަނީ ކުދިކުދި ޒުވާބު ކުރުމެވެ. ތިމާ ނުރުހޭ ކަމެއް ނުވަތަ ކަންތަކުގެ ވާހަކަ ބައިވެރިޔާގާތު ބުނުމުން، ނުވަތަ އެކަމާއިމެދު ދެމަފިރިންގެ ޙިޔާލު ތަފާތުވުމުން، އެއީ އެކަކު އަނެކަކާއި މުޢާމަލާތް ކުރުމަށް އިތުރަށް ލިބޭ ފުރުސަތެއް ކަމަށް ވެސް ސައިންވެރިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް