ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން، މާޅޮސްމަޑުލު އުތުރުބުރިއާއި، މިލަދުންމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.
ރައީސްއޮފީހުން މައުލޫމާތުދެއްވާގޮތުގައި ރައީސްގެ އެ ދަތުރުފުޅުގައި ރ. އަލިފުށްޓަށް ވަޑައިގެން އެރަށުގައި ޤާއިމްކޮށްފައިވާ ނަރުދަމާ ނިޒާމްގެ ހިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވާ، ރ. ހުޅުދުއްފާރުގައި ގާއިމްކޮށްފައިވާ ފެނުގެ ހިދުމަތް އިފްތިތާހުކޮށްދެއްވާނެއެވެ. ރ. އިންނަމާދޫއާއި ރ. އިނގުރައިދޫއަށް ވަޑައިގެން އެ ދެރަށުގެ ބަނދަރު ހުޅުއްވައިދެއްވާނެއެވެ.
އަދި ރ. މީދޫ މަގު ހެދުމުގެ މަސައްކަތް ނިމުން ފާހަގަކުރެއްވުމަށާއި، ނ. މާފަރު އެއަޕޯޓް ހުޅުއްވައިދެއްވުމަށާއި، އެރަށު ބަނދަރު ހުޅުއްވައިދެއްވުމުގެ އިތުރުން ނ.ވެލިދޫއަށް ވަޑައިގެން އެރަށުގައި ގާއިމްކޮށްފައިވާ ފެނާއި، ނަރުދަމާގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވުމަށާއި، އެރަށު ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމީން ބައިވެރިވެޑައިގެންނެވުމަށް ހަމަޖެހިފައިވާ ކަމުގައިވެސް ރައީސް އޮފީހުން ބުނެއެވެ.
ރައީސް އޮފީހުން ހާމަކުރައްވާގޮތުގައި ރައީސްގެ އެ ދަތުރުފުޅުގައި ރ. އުނގޫފާރަށާއި، ރ. ދުވާފަރަށާއި، ރ. މަޑުއްވަރީގެ އިތުރުން ނ. ކެނދިކުޅުދޫއަށްވެސް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް