ވޯޓާސް ލިސްޓު އާއްމުކޮށްފި – ވޯޓުލުމުގެ ހައްގުލިބިގެންވާ 262135 މީހުން

ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ ފޮށީގެ މަޢުލޫމާތު ހިމެނޭ ލިސްޓު ޢާއްމުކުރުމާއި ރަޖިސްޓަރީ ކޮށްފައިވާ ފޮށްޓާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލ...

27 Aug 2018 | 03:23

ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ ފޮށީގެ މަޢުލޫމާތު ހިމެނޭ ލިސްޓު ޢާއްމުކުރުމާއި ރަޖިސްޓަރީ ކޮށްފައިވާ ފޮށްޓާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އާންމުކޮށްފައިވާ ލިސްޓުގައިވާގޮތުންނަމަ ވޯޓުލުމުގެ ހައްގު ލިބިފައިވާ 262135 މީހުން އެބަތިއްބެވެ.

ލިސްޓު އާންމުކޮށް އިލެކްޝަންސުން ރޭ ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ 23ސެޕްޓެމްބަރ 2018 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު 2018 އަށް ވޯޓު ލުމަށް ރަޖިސްޓަރީ ކޮށްފައިވާ ފޮށީގެ މަޢުލޫމާތު ހިމެނޭ ލިސްޓެއް މިއަދު އާންމުކޮށް މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު 27 އޮގަސްޓް 2018 އިން 29 އޮގަސްޓް 2018 ގެ ނިޔަލަށް ހުޅުވާލާކަމަށެވެ. މި ލިސްޓުގައިވާ މަޢުލޫމާތު މިކޮމިޝަނުގެ ހިލޭ ގުޅޭ ނަންބަރު 1414 ގުޅައިގެން ނުވަތަ އެސް.އެމް.އެސް ފޮނުވައިގެން އަދި ކޮމިޝަނުގެ ވެބްސައިޓް  "www.elections.gov.mv" އިން ޗެކްކުރެވޭ ގޮތަށް ވަނީ ހަމަޖެހިފައިކަމަށް ބުނެފައިވެއެވެ.

"މި ލިސްޓަށް އެއްވެސް ފަރާތަކުން ޝަކުވާ ހުށަހަޅަން ބޭނުންވާނަމަ ޝަކުވާ ހުށަހަޅާނީ "ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއާ ބެހޭ ޝަކުވާ ހުށަހަޅާ ފޯމު" އިންނެވެ."އިލެކްޝަންސުން ބުނެފައިވެއެވެ.

އިލެކްޝަންސުން ބުނެފައިވަނީ ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ހުރިހާ ރަށެއްގެ ރަށު ކައުންސިލް އިދާރާތަކުގައި، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުގައި އަދި މާލޭ ސިޓީގައިނަމަ އިންތިޚާބާ ބެހޭ މަރުކަޒު (ބައު ޖަމާލުއްދީން) ގައި 27 އޮގަސްޓް 2018 އިން 29 އޮގަސްޓް 2018 އަށް ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން ހަވީރު 06:00 ގެ ނިޔަލަށް ކަމަށެވެ. އަދި ރާއްޖެއިން ބޭރުގައިނަމަ ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ރާއްޖެއިންބޭރު ޤައުމުތަކުގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓް އޮފީސްތަކުންނާއި ދިވެހިރާއްޖޭގެ އެންބަސީތަކުން، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:30 އިން ހަވީރު 04:00 އަށް ކަމަށާއި މި މުއްދަތުގެ ތެރޭގައި ޝަކުވާހުށަހެޅޭނީ ހަމައެކަނި ރަޖިސްޓަރީވެފައިވާ ތަނުގެ މަޢުލޫމާތާއި ގުޅޭ ގޮތުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް