މައްސަރު ކަންތައް ރަމްޒުކޮށްދޭ އިމޯޖީއެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފި

އިމޯޖީއަކުން ހާލަތު ބުނެލުމަކީ އެންމެ ފަސޭހަ ގޮތްކަމުގައި ޒުވާނުން އެއްބަސްވެއެވެ. ޒުވާނުން ކީއްކުރަންތޯއެވެ. ޕޮލިޓީޝަނުންވެސް މިހާރު އެކަކު އަނެކަކާ ވާހަކަ ދައްކާ ޑީލް ހަދާއިރު އިމޯޖީތައް ބޭނުންކުރެވ...

27 Aug 2018 | 01:45

އިމޯޖީއަކުން ހާލަތު ބުނެލުމަކީ އެންމެ ފަސޭހަ ގޮތްކަމުގައި ޒުވާނުން އެއްބަސްވެއެވެ. ޒުވާނުން ކީއްކުރަންތޯއެވެ. ޕޮލިޓީޝަނުންވެސް މިހާރު އެކަކު އަނެކަކާ ވާހަކަ ދައްކާ ޑީލް ހަދާއިރު އިމޯޖީތައް ބޭނުންކުރެވެ.

އިމޯޖީއަކީ ބަހުރުވައެއްގެ ގޮތުގައި ސިފަކުރާއިރު އިމޯޖީ ގެލަރީއަށް ކޮންމެ އަހަރަކު އެތައް އިމޯޖީއެއް އަންނަނީ އަލަށް އެއްކުރަމުންނެވެ. އެގޮތުން ބުރުގާ އިމޯޖީވެސް ވުޖޫދުކުރީ ދާދި ފަހުންނެވެ.

މިހާރު ދެކެވެމުން އަންނަނީ މައްސަރުކަންތައް ރަމްޒުކޮށްދޭނެ އިމޯޖީއެއް ވުޖޫދުކުރުމުގެ ވާހަކައެވެ. މިކަމުގައި އިސްކޮށް ހަރަކާތްތެރިވާ ބައިނަލްއަގްވާމީ ދެ ޖަމިއްޔާއަކުން މަސައްކަތްކުރަނީ މި އިމޯޖީ ފައިނަލްކޮށް އަންނަ އަހަރުގެ ތެރޭގައި އައިފޯނާއި އެންޑްރޮއިޑް ފޯނުތަކުގައި ބޭނުންކުރެވޭވަރު ކުރެވޭތޯއެވެ.

https://twitter.com/PlanGlobal/status/1019211970212483072

އެ ދެ ޖަމިއްޔާއިން ބުނެފައިވަނީ މައްސަރުކަންތައް ލައިގަތުމުން ލޯބިވެރިޔާ ގާތު ނުވަތަ ރަހުމަތްތެރިން ގާތު އެވާހަކަ ބުނަން ބައެއް މީހުން ފަސްޖެހޭ ކަމަށާއި ނަމަވެސް އިމޯޖީއަކުން ބުނެލުމަކީ ވަރަށް ފަސޭހަކަމަކަށް ވެގެންދާނެކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް