ރަންބީރު ކަޕޫރު ފޮޓޯނެގި އޭންގަލް އާއިލާ ބަޓަށް ވަރަށް ކަމުގޮސްފި

ބޮލީވުޑް ބަތޮލު ރަންބީރު ކަޕޫރާއި އާލިއާ ބަޓްގެ ލޯބީގެ ގުޅުމުގެ ވާހަކަ ދައްކަމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ. އެ ދެމީހުންގެ ލޯބީގެ ގުޅުމަށް އެންމެ ބާރުދެނީ އާލިއާ ބަޓްގެ އިންސްޓަގްރާމް އެކައުންޓ...

27 Aug 2018 | 01:17

ބޮލީވުޑް ބަތޮލު ރަންބީރު ކަޕޫރާއި އާލިއާ ބަޓްގެ ލޯބީގެ ގުޅުމުގެ ވާހަކަ ދައްކަމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.

އެ ދެމީހުންގެ ލޯބީގެ ގުޅުމަށް އެންމެ ބާރުދެނީ އާލިއާ ބަޓްގެ އިންސްޓަގްރާމް އެކައުންޓެވެ. އެގޮތުން މި ފަހުން އާލިއާގެ އިންސްޓަގްރާމަށް އަޕްލޯޑްކުރާ ފޮޓޯތައް ނަގަނީ ރަންބީރުކަން އާލިއާ އަންނަނީ ހާމަކުރަމުންނެވެ. ފޮޓޯ ކްރެޑިޓް "އާރުކޭ" އަށް އަންނަނީ ދެމުންނެވެ.

އެގޮތުން އެންމެ ފަހުން އާރުކޭ ނެގި އަދި އާލިއާ ބަޓްގެ އިންޓަގްރާމަށް އަޕްލޯޑްކުރި ފޮޓޯގެ ވާހަކައިން އާލިއާ ބުނެފައިވަނީ އާރުކޭ އެ ފޮޓޯ ނެގި އޭންގަލް ވަރަށް ކަމުގޮސްފިކަމަށެވެ.

'އޭންގަލް ރަނގަޅުނަމަ ކުރަމުން އަންނަކަމެއް ކުރަމުން ދާންވީ... އާރުކޭ" އާލިއާގެ ފޮޓޯ ކެޕްޝަންގައި ބުނެފައިވެއެވެ.

މީގެ ކުރިންވެސް އާރުކޭ ނަގާފައިވާ އާލިއާގެ ބައެއް ފޮޓޯ އާލިއާގެ އިންސްޓަގްރާމަށް އަޕްލޯޑްކޮށްފައިވެއެވެ. އާލިއާ އަންނަނީ އާރުކޭ ނަގާ ފޮޓޯތަކަށް ތައުރީފު ކުރަމުންނެވެ.

މި ދެ ތަރިންގެ ލޯބީގެ ގުޅުމާއިމެދު އަދި އެއްވެސް ތަރިއަކު ސީދާ ފާޅުގައި އެއްޗެއް ނުބުނެއެވެ. މި ދެތަރިން މިހާރުވެސް އަންނަނީ އެކުގައި ފިލްމެއް ކުޅެމުންނެވެ. އެއީ އަޔާން މުކަރުޖީގެ "ބްރައްމަސްތުރާ"އެވެ. އެ ފިލްމު ރިލީޒްކުރާނެކަމަށް ބެލެވެނީ އަންނަ އަހަރުގެ އޮގަސްޓް މަހުގެތެރޭގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް