ބޮލީވުޑް ބަތޮލާ ލީސާ ހޭޑަން އޭނާގެ ދަރިއަށް ގާތުން ބުއްދޭ ފޮޓޯއެއް މިދިޔަ އަހަރު ސޯޝަލް މީޑިއާއަށް ލުމުން އެކަމާ ވަރަށް ގިނަ މީހުން މަލާމަތް ކުރި ކަމަށާއި އެގޮތުން އޭނާއަކީ ގެރިއެއް ކަމަށްބުނެވެސް މަލާމާތްކުރިކަމަށް އޭނާ ބުނެފިއެވެ.
އޭނާ މިހެން ބުނެފައިވަނީ ޓައިމްސް ނައު ނިއުސްއަށް ދިން އިންޓަވިއުއެއްގައެވެ.
އެ މައުލޫގައި ވާހަކަދައްކަމުން ލީސާ ބުނެފައިވަނީ އުމުރުން ދެ އަހަރު ވަންދެން ދަރިއަށް ގާތުން ބުއް ދިނިން ކަމަށާއި އަދި އޭނާ އެ ފޮޓޯ ސޯޝަލް މީޑިއާއަށް ލީ ގާތުން ބުއް ދިނުމުގެ މުހިންމުކަމަށް މީހުން ހޭލުންތެރި ކުރުވުމުގެ ގޮތުން ކަމަށެވެ.
އަދި ހާމަ ތަންތަނުގައި ދަރިއަށް ގާތުން ބުއްދޭން ބައެއް މައިން ޖެހިލުންވާކަމަށާއި ނަމަވެސް އޭނާގެ އެ ފޮޓޯއާއެކު އެކަމަށް ކޮންމެވެސް ވަރެއްގެ ބަދަލެއް އަންނާނެކަމުގައި އުންމީދުކުރިކަމަށް ލީސާ ބުނެފައިވެއެވެ.
ބޮލީވުޑް ފިލްމު އިންޑަސްޓްރީއަށް ލީސާ ނިކުތީ 2010 ވަނަ އަހަރު ކުޅުނު ފިލްމު "އައިޝާ" އިންނެވެ. އޭގެ ފަހުން ކާމިޔާބު ހަތް ފިލްމެއް އޭނާ ކުޅެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް