އަފްގާނިސްތާނުގައި ހުންނަ އައިއެސްގެ ލީޑަރު މަރާލައިފި

އަފްގާނިސްތާނާއި ގުޅިފައިވާ އިސްތިހާދުން ދިން ވައިގެ ހަމަލާއެއްގައި އަފްގާނިސްތާނުގައި ހުންނަ އައިއެސްއައިއެސް ގެ ލީޑަރު މަރާލައިފިއެވެ. އަބޫ ސަޔަދް އޮރަކްޒާއީގެ އިތުރުން އެ ޖަމާއަތަށް ނިސްބަތްވާ އިތު...

26 Aug 2018 | 22:59

އަފްގާނިސްތާނާއި ގުޅިފައިވާ އިސްތިހާދުން ދިން ވައިގެ ހަމަލާއެއްގައި އަފްގާނިސްތާނުގައި ހުންނަ އައިއެސްއައިއެސް ގެ ލީޑަރު މަރާލައިފިއެވެ.

އަބޫ ސަޔަދް އޮރަކްޒާއީގެ އިތުރުން އެ ޖަމާއަތަށް ނިސްބަތްވާ އިތުރު ދިހަ ހަނގުރާމަވެރިއަކު މަރާލައިފައިވަނީ އެގައުމުގެ ނަންގަރްހަރް ޕްރޮވިންސަގައި ހިންގި އޮޕަރޭޝަނެއްގައެވެ. މިކަންވަނީ އެގައުމުގެ ނޭޝަނަލް ޑައިރެކްޓޮރޭޓް އޮފް ސެކިއުރިޓީއިން ކަށަވަރުކޮށްދީފައެވެ. އައިއެސްއައިއެސްގެ އިތުރު ލީޑަރެއް ކަމުގައިވާ ޣާރީ ހިކްމަތުﷲ ވަނީ މި އަހަރުގެ އޭޕްރިލް މަހުގައި މަރާލާފައެވެ. ފާއިތުވެދިޔަ ދެ އަހަރުދުވަހުގެ ތެރޭގައި މިގުރޫޕަށް ނިސްބަތްވާ ހަތަރު ލީޑަރަކު އަފްގާނިސްތާނުގައި ވަނީ މަރާލާފައެވެ.

އޮރަކްޒާއީ މަރާލައިފައި މިވަނީ އަފްގާނިސްތާނުގައި ހަނގުރާމަ ވަރުގަދަ ވެފައިވާ ދަނޑިވަޅެއްގައެވެ. މިގޮތުން މިމަހުގައި ތާލިބާނުން ވަނީ އެގައުމުގެ ޣަޒްނީގެ ބޮޑުބައެއް ހިފައި ދުވަސްތަކެއް ވަންދެން އެ ސިޓީއަށް އަތްގަދަ ކޮށްފައެވެ. ޣަޒްނީއިން ތާލިބާނުން ބާލައިފައިވަނީ އެމެރިކާގެ ވައިގެ އަސްކަރިއަޔާގެ އެހީގައެވެ. މިކަން ހިނގައި ގޮސްފައިވަނީ ތާލިބާނުންނާއި އެމެރިކާއާއި ދެމެދު ސުލްހައިގެ މަޝްވަރާތަކެއް މިދިޔަ ޖުލައި މަހުގައި ކުރެވިފައިވަނިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް