ފާހާނާ ތަށީގެ މަތިގަނޑަށްވުރެ ސްމާޓް ފޯނުގެ ޑިސްޕްލޭގައި މާ ގިނައިން ޖަރާސީމު ހުންނަކަމަށް އިނގިރޭސިވިލާތުގައި ހެދި ދިރާސާއަކުން ދައްކައިފިއެވެ.
އިނގިރޭސިވިލާތުގެ އިންޝުއަރެންސް2ގޯ އިން ހެދި މި ދިރާސާއިން ދައްކާގޮތުގައި އާމުގޮތެއްގައި ސްމާޓް ފޯނުގެ ޑިސްޕްލޭގައި ފާހާނާ ތައްޓަށްވުރެ ތިން ގުން އިތުރަށް ޖަރާސީމު ހުރެއެވެ. މިދިރާސާގައި ތަހުލީލުކުރި ފޯނުތަކުގެ ޑިސްޕްލޭގައި 84.9 ކޮލޮނީ ފޯމިން ޔުނިޓުގެ ޖަރާސީމު ހުއްޓެވެ. ނަމަވެސް ފާހާނާ ތަށީގައި ހުރީ 24 ޔުނިޓުގެ ޖަރާސީމެވެ.
ފޯނުގެ ޑިސްޕްލޭގައި ހުންނަ ޖަރާސީމުގެ ސަބަބުން ހަމުގެ އެކި މައްސަލަތައް ދިމާވުމަށް މަގުފަހިވެއެވެ. މިގޮތުން ހަމުގެ ބަލިތަކާއި ރޯގާތައް ޖެހުމަށް މަގުފަހިކޮށްދޭ ޖަރާސީމުތައް ފޯނުން ގިނައިން ފެނެއެވެ.
ފޯނު ޖަރާސީމުން ސަލާމަތް ކުރުމަށްޓަކައި ފާހާނާ ކުރާއިރު ފޯނު ބޭނުންކުރުމާއި ދުރުހެލިވެވިދާނެއެވެ. އަދި ފޯނު ސާފުކުރުމަށް މައިކްރޯފައިބަރ ފޮތިކޮޅެއް ބޭނުންކުރެވިދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް