ތުވާލި ބޭނުން ކުރަމުންދާވަރަކަށް އޭގެ ޒާތުގައި ރޮދި ނެއްޓުމާއި ހަރުވުމަކީ އާއްމު ކަމެކެވެ. ނަމަވެސް ކޮންމެ މަހަކު އެއްފަހަރު ގޭ ހުރިހާ ކުދިންނަށް ތުވާލި ގަތުމަކީވެސް ކުޅަދާނަ ކަމަކަށް ނުވާނެތާއެވެ.
ތުވާލި ދޮންނައިރު ތުވާލި "އާރޯ ތާޒާ" ކޮށްލައި ތުވާލި މަޑުކޮށްލަން މިއޮތީ މޮޅުގޮތެކެވެ. އެއީ ވިނެގާ އަދި ބޭކިން ސޯޑާ ބޭނުން ކުރުމެވެ.
އާންމުގޮތެއްގައި ތުވާލި ދޮވުމުގައި ގިނައިން ޑިޓާޖެންޓް އެޅުމާއި ސޮފްޓްނާ އެޅުމަކީ ކަނބަލުން ކުރާ ކަމެކެވެ. އެކަން އެގޮތަށް ކުރަނީ ތުވާލި "ރަނގަޅަށް" ދޮވެލާ "މަޑުކޮށް" ކަމަށް ހީކުރި ނަމަވެސް ގިނަ ފަހަރު ކަން ވާނީ ދިމާ އިދިކޮޅަށެވެ. ތުވާލިން "ތަތް މުޑުވަސް" ދުވަން ފެށުމެވެ.
ތުވާލި "އާރޯ ތާޒާ" ކޮށްލަން ކުރެވިދާނެ ކަމަކީ ތާފަނާ ފެނަށް ވިނެގާ (ގާތްގަނޑަކަށް ޖޯޑެއް) އެއްކޮށް ދޮވެލުމަށްފަހު، ދެވަނަ ފަހަރު ތާފަނާ ފެނަށް ބޭކިން ސޯޑާ (ގާތްގަނޑަކަށް ބައި ޖޯޑޫ) އެއްކޮށް ދޮވެލުމެވެ. ނަތީޖާ މުޖައްރިބު ވާނެކަމަށް މިކަމުގެ އަޖުމަ ބަލާފައިވާމީހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް