ސްރީލަންކަން އެއަރލައިންސް އިން ޖަޕާނުގެ ޓޯކިޔޯ އިން ރާއްޖެއަށް ވައިގެ ދަތުރުތައް ފަށައިފިއެވެ.
ޖަޕާނުގެ ނަރީތާ އިންޓަރނޭޝަނަލް އެއާޕޯޓުން ރާއްޖެއަށް ކުރަން ފަށާފައިވާ މިދަތުރުތައް ހަފްތާއަކު ހަތަރު ދުވަހު ކުރަން ވަނީ ހަމަޖެހިފައެވެ.
މި ދަތުރުތަކާއި އެކު ޖަޕާނުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެ ކަމަށް ސްރީލަންކަން އެއަރލައިންސް އިން ބުނެއެވެ. މިދިޔަ އަހަރު ޖަޕާނުން ސާޅިސް ދެހާހަށް ވުރެ ގިނަ މީހުން ވަނީ އައިސްފައެވެ. މި ދަތުރުތަކުގެ ސަބަބުން މި އަދަދު ބޮޑުވެދާނެ ކަމަށް ލަފާކުރެވެއެވެ.
ޓޯކިޔޯ ކައިރީ އޮންނަ ނަރީތާ އެއާޕޯޓަކީ ޖަޕާނުގައި ދެވަނައަށް އެންމެ ގިނަ މީހުން ބޭނުންކުރާ އެއާޕޯޓުކަން ފާހަގަކޮށްލެވެއެވެ. ރާއްޖެއަށް އެންމެ ގިނައިން އުދުހޭ އެއް އެއަރލައިން އަކީ ސްރީލަންކަން އެއަރލައިންސް އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް