މާލޭގެ ގެއަކުން ޒުވާނަކު މަރުވެފައި އޮއްވައި ފެނިއްޖެ

މާލޭގެ ގެއަކުން ޒުވާނަކު މަރުވެފައި އޮއްވައި ފެނިއްޖެއެވެ. މައުލޫމާތު ލިބުން ގޮތުގައި، ގޮތް ނޭންގޭ ގޮތަކަށް މަރުވެފައި އޮތް މިޒުވާނާ ފެނިފައި ވަނީ ހެންވޭރު ގެއަކުންނެވެ. އެ ޒުވާނާ މަރުވެފައި އޮއްވައި ...

27 Jul 2019 | 07:29

މާލޭގެ ގެއަކުން ޒުވާނަކު މަރުވެފައި އޮއްވައި ފެނިއްޖެއެވެ.

މައުލޫމާތު ލިބުން ގޮތުގައި، ގޮތް ނޭންގޭ ގޮތަކަށް މަރުވެފައި އޮތް މިޒުވާނާ ފެނިފައި ވަނީ ހެންވޭރު ގެއަކުންނެވެ. އެ ޒުވާނާ މަރުވެފައި އޮއްވައި ފެނިފައި ވަނީ ރޭ ދަންވަރު 1:12 ހާއިރުއެވެ. ނަމަވެސް މި ޒުވާނާ މަރުވެފައި ވަނީ ކީއްވެގެން ކަަމެއް ނޭންގެއެވެ.

ފުލުހުން ވިދާޅުވީ، ރޭ ދަންވަރު އުމުރުން 23 އަހަރުގެ ޒުވާނަކު މަރުވެގެން ފުލުހުންނަށް ރިޕޯޓުކޮށްފައި ވާކަމަށެވެ. އިތުރު ތަފްސީލެއް ފުލުހުންނެއް ނުދެއެވެ. އިތުރަށް ވިދާޅުވީ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް