ރާއްޖޭގެ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ހަވީރު ކުރިއަށް ގެންދާ ހަރަކާތްތަކަށް ފުރުސަތު ދިނުމުގެ ގޮތުން، މިއަދު ހަވީރު އިންޖީނުލީ އުޅަނދު ދުއްވުން މަނާކޮށްފިއެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ހަވީރު އިންޖީނުލީ އުޅަނދު ދުއްވުން މަނާކޮށްފައި ވަނީ 16:00 އިން 18:00 އަށެވެ. މި އެންގުމާ ހިލާފަށް އުޅަނދު ދުއްވާ ފަރާތްތަކަށް ފިޔަވަޅު އަޅާނެކަމަށް ޓްރާންސްޕޯޓުން ވަނީ ބުނެފައެވެ.
ނަމަވެސް، ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދާއި، އެމްބިއުލެންސް، ފުރާމީހުން ބޭނުންކުރުމަށް ހުއްދަދެވޭ އުޅަނދާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ހާއްސަ ކުރެވިފައިވާ އުޅަނދުތަކާއި، ޕަބްލިކް ޓްރާންސްޕޯޓުގެ ގޮތުގައި ދެމުން ގެންދާ ބަސް އަދި މިއަދު އެ ގަޑިތަކުގައި ދުއްވުމުގެ ހުއްދަދެވޭ އުޅަނދުތައް ދުއްވޭނެއެވެ.
ރާއްޖެއަށް މިނިވަންކަން ލިބުނުތާ 54 ވަނަ އަހަރު ފާހަގަކުރަމުން ދާއިރު، ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. އެގޮތުން ރޭގައި ވަނީ ހެވިކަމާއި ކުޅިވަރުތަކުގެ ހަރަކާތް ބާއްވާފައެވެ. މި ކުޅިވަރުތައް ބައްލަވައިލުމަށް ރައީސްގެ ދެކަނބަލުން ވަނީ ގަލޮޅު ދަނޑަށް ވަޑައިގެންފައެވެ. މިއަދު ހަވީރު ޕެރޭޑް ބާއްވަން ހަމަޖެހިފައިވާއިރު، މިރޭ ފުޅަނދުބުރު ބާއްވަން ވަނީ ހަމަޖެހިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް